އައްޑޫއިން ފެންނަ ބޮޑު މަންޒަރަކީ އެއްބުރުން އެމްޑީޕީ އިންތިހާބު ކާމިޔާބުކުރާ ތަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫ ހިމެނޭ ވެރިކަމެއް އެއްބުރުން ގެންނަން "ސީލްކޮށް ތައްގަނޑު" ޖަހާނެ ތަނަކީ އައްޑޫ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"އެއްބުުން އެ ދުވަހު ދިވެހިން ނިންމާ ނިންމުން ސީލްކޮށް އޭގައި ތައްގަނޑު ޖަހާނީ މި ބޮޑު އައްޑޫ ސިޓީން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

ރައީސް ވިދާޅުވީ އެމްޑީޕީ އުފެދުުމުގައާއި ސިޔާސީ ގޮތުން އެތައް ގުރުބާނެއްވީ ރައްޔިތުން މިއަދު ވެސް އައްޑޫގައި އުޅެމުން އަންނަ ކަމަށެވެ.

"ސިއްރުން އަޑު ބަދަލުކޮށްގެން އަޅުގަނޑުމެންނާ ވާހަކަދެއްކި ބޭފުޅުން މިތާ އެބަ ތިއްބެވި. މުޒާހަރާއަކށް ދާންވީމާ ބުނެލާ ތަނުން ދޯނީގައި ފުރައިގެން ބޮޑު ކަނޑުތައް ހުރަސްކޮށް މާލެއަށް ދަތުރުުކުރި އެތައް ބައެއް މިތާ އެބަތިއްބެވި. ޕެޕާ ސްޕްރޭއާއި ކަރުނަ ގޭހާއި ޖަލުގެ ކުޑަގޮޅި ދުށް އެތައް ބައެއް މިއަދު ވެސް މިތާ އެބަތިއްބެވި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއްގައި އައްޑޫ ތަރައްގީ ކުރަނީ ދެކުނުގެ މައި ހަބެއްގެ ގޮތުގައި ކަމަށެވެ.

"މި ދަނީ ހަމަހަމަ ކުރަމުން. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން، ކުޅުދުއްފުއްޓަށް އެ އަންނަނީ ބޮޑު ބަދަލެއް، ތިނަދޫއަށް ބޮޑު ބަދަލެއް، ވިލިނގިއްޔަށް ބޮޑު މަޝްރޫއުއެއް. އައްޑޫއަށް މިއިން ޒަމާނަކު ނާންނަ ތަރައްގީ މި ލިބެނީ. އޭރަށް އަސްލު ތަރައްގީ ލިބޭނީ. ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ފައިދާ އެންމެ އިންސާފުވެރި ގޮތަށް ރައްޔިތުންނަށް ލިބޭނީ އެގޮތުން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް ދެވަނަ ދައުރެއްގައި ކުރަން ނިންމާފައިވާ ކަންކަން އިއުލާން ކުރައްވާފަ އެވެ. އެކަންކަމަކީ:

  • ހުރިހާ މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
  • ހައުސިން ޔުނިޓް ތަރައްގީކުރުން
  • ފުރަތަމަ ބުރުގައި 1،000 ފްލެޓް ތަރައްގީކުރުން
  • ހިއްކި ބިންތަކުގައި ފެނާއި ނަރުދަމައާއި ކަރަންޓާއި މަގުތައް ހެދުން
  • އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރުން
  • އެސްޓީއޯއިން ވިއްކާ ހިލަވެއްޔާއި މޯލްޑިވްސް ގޭހުން ވިއްކާ މުދަލުގެ އަގު މާލެއާ އެއްހަމަ ކުރުން
  • ބިޒްނަސް އިންކިއުބޭޝަން ސެންޓަރަކާއި ކޯވޯކިން ސްޕޭސް ހެދުން
  • އިކޯ ޓޫރިޒަމް ތަރައްގީކުރުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް
  • އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ތަރައްގީީކޮށް ކައިރި އަތޮޅުތަކަށް ލިބޭ ގޮތް ހެދުން
  • ޕިކްނިކް އައިލެންޑެއް ހެދުންކް
  • ލައިމެޓް ރިސާޗާއި މެރިން ރިސާޗް ސެންޓަރެއް ގާއިމްކުރުން
  • ޑިސެބިލިޓީ މެނޭޖްމަންޓް ސެންޓަރެއް އެޅުން
  • ހުރިހާ ދާއިރާއެއްގައި އައުޓްޑޯ ޖިމާއި، ކުޑަކުދިން ޕާކު ހެދުން
  • މަސްވެރިންނަށް ޓަކައި ކޮށްދޭ މަސައްަކަތްކުރުންދަނާލެއް ގާއިމްކޮށް ޔުނިވާސިޓީ ޚިދުމަތް ރަނގަޅުކުރުން