ހުޅުމާލޭގެ ގެއެއްގެ ޓެރެސްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުންނަ ގެއެއްގެ ޓެރަސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 08:30 ގައި ކަމަށެވެ. އަލިފާން ހިފާފައިވަނީ ޓެރަސްގައި ޓިނުން ހަދާފައިވާ ތަނެއްގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާ ކަމަށާއި މިހާރު އަލިފާން ނިވާލުމުގައި 90 އިންސައްތަ ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް އަދި މައުލޫމާތު ލިބިފައެއް ނުވެ އެވެ.
ވޯލްޑް ކަޕް ފައިނަލް: ހާފްޓައިމް ޝޯގައި މަޝްހޫރު ގިނަ ނަންތަކެއް!
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!
ސްކޫލުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީ ހަނު