ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންއަކީ ބޮލީވުޑްގައި މިހާރު އެންމެ ނަން މަޝްހޫރު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ ޖޯޑެކެވެ. އެ ދެތަރިން އެކުގައ ފިލްމުތަކަށް ގެނައުމަށް ގިނަ ޕްރޮޑިއުސަރުން ބޭނުންވެ އެވެ.

އެހެން ނަމަވެސް އިންޑިއާގެ ބައެއް މީޑިއާތަކުން މިވަނީ އެކަމާ ބެހޭ ގޮތުން ރިޕޯޓެއް ނެރެފަ އެވެ. އެގޮތުން އެ ދެތަރިން އެކުގައި މަސައްކަތް ކުރާ ނަމަ ނަގާ އަގު އެތައް ގުނައެއް ބޮޑުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޓަވިއުއެއުގައި ދީޕިކާ ބުނީ އެކަން އެގޮތަށް ކުރަނީ އެ ދެތަރިންގެ ދެމެދުގައި ހަމަހަމަކަން ޔަގީން ކުރުމަށް ކަމަށެވެ.

"އަހަރުމެން އެއްކޮށް މަސައްކަތް ކުރާނަމަ ޕްރީމިއަމް އަގެއް ނަގަން. އެއީ އެހެން ޖޯޑުތަކާ ޚިލާފަށް ދެމީހުންގެ މެދުގައި ހަމަހަމަކަން ބާއްވަން ކުރާ ކަމެއް" ދީޕިކާ ބުންޏެވެ.

ދީޕިކާއާއި ރަންވީރު އެކުގައި ފެނުނު ބައެއް ފިލްމުތަކުގެ ތެރޭގައި ގޯލިއޯން ކީ ރާސްލީލާ: ރާމްލީލާއާއި ބާޖީރާއޯ މަސްތާނީ ވެސް ހިމެނެ އެވެ.