ކޮވިޑް 19 އަށް މުޅި ރާއްޖެއިން މިއަދު 90 މީހުން ޕޮޒިޓިވް ވިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 120 އަށް ތިރިވެއްޖެ އެވެ.

މި ބައްޔަށް އިއްޔެ ޕޮޒިޓިވްވި އަދަދާ އަޅާބަލާއިރު 24 މީހުން މިއަދު އިތުރުވިއިރު، އެޑްމިޓްކޮށްގެން ފަރުވާ ދޭ އަދަދު އިއްޔެ އަޅާ ބަލާއިރު ވަނީ 14 މީހުން މަދުވެފަ އެވެ.

މި ބައްޔަށް މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވެފައި ވަނީ 78 މީހެކެވެ. މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވި 90 މީހުންގެ ތެރޭގައި 58 ދިވެހިން ހިމެނެ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،990 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6،846 އަށް އިތުރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 2،103 އަށް ތިރިވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ފިޔަވައި 28 ރަށެއްގައި 92 މީހުން ޕޮޒިޓިވްވެފައި އެބަތިއްބެވެ. މީގެ އިތުރުން 25 ރިސޯޓެއްގައި 13 ޓޫރިސްޓުންނާއި 42 މުވައްޒަފުން ވެސް ޕޮޒިޓިވްވެފައިވެ އެވެ.

މި ބަލީގައި މިހާތަނަށް 31 މީހަކު ވަނީ މަރުވެފަ އެވެ.