ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ހިތުގެ ސްކްރީނިން ޕެކޭޖްތަކަށް %10 ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

މި ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އޮކްޓޯބަރު 29 ގެ ނިޔަލަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތަކީ ހިތުގެ ބަލިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމެކެވެ. މިގޮތުން ހިތުގެ ސްކްރީން ކުރުމަކީ ކުރިޔާލާ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށާއި، ބައްޔެއް ހުރިނަމަ އަވަހަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެކަމެކެވެ.

1. ހެލްތީ ހާޓް ޕެކޭޖް - މި ޕެކޭޖަކީ 30 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ހާއްސަ ޕެކޭޖެކެވެ.

ހެލްތީ ހާޓް ޕެކޭޖުގައި ހިމެނެނީ ހިތުގެ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި ކްލިނިކަލް އެގްޒާމިނޭޝަން؛ މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީ.އެމް.އައި އަދި ބަލަޑް ޕެރެޝަ ހިމެނެ އެވެ.

ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް-އްކްސް-ރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެ އެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއެކު ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.

މީގެ އިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ހޯމޯސިސްޓީން ހިމެނެ އެވެ.

2. ސްޓްރޯން ހާޓް ޕެކޭޖް - މި ޕެކޭޖަކީ 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ ޕެކޭޖެކެވެ.

މި ޕެކޭޖުގައި ހިމެނޭ ކްލިނިކަލް އެގްޒާމިނޭޝަންތަކުގައި މެޑިކަލް ހިސްޓަރީ ބެލުމާއި، އިސްކޮޅު އަދި ބަރުދަން ބެލުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަދި ލޭގެ ޕްރެޝަ ބެލުން ހިމެނެ އެވެ.

މި ޕެކޭޖުގެ ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ޗެސްޓް-އެކްސް-ރޭ (1 ވިއު)، އެކޯ ކާޑިއޮގްރާމް، އިލެކްޓްރޮކާޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެ އެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.

މީގެ އިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ސީއަރުޕީ (ވާރިއޯ) ހިމެނެ އެވެ.

ހެލްތް ސްކްރީނިންގް ޕެކޭޖުތަކުގެ މައުލޫމާތު އިތުރު އެ ހޮސްޕިޓަލުގެ ވެބްސައިޓުން ލިބޭނެ އެވެ.