ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މި ބައްދަލުވުން ފެށީ މީގެ އިރުކޮޅެއް ކުރިންނެވެ. ޑރ. މުއިއްޒު ރައީސް އޮފީހަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައިވެ އިންތިހާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާ ފާހަގަކުރައްވާފައިވެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ. ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 18000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރައްވާފައިވަނީ ޑރ. މުއިއްޒު އެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ފުވައްމުލަކުގައި ހުރި އެމްޕީއެލް ކޯލް ސެންޓަރު ބަންދުކޮށްފި