މާ ގަދައަށް ކައިގެން ހުރެ ކަސްރަތު ކުރަން ނުވަތަ ކުޅިވަރު ކުޅެން އުޅެފި ނަމަ، މަތިން އަރައި، ހޮޑު ލެވި، ރަނގަޅަށް ކަސްރަތު ނުކުރެވިދާނެ އެވެ. ހަމަ އެހެންމެ މާ ގިނައިރު ހުސް ގޮހޮރާ ހުރެ ކަސްރަތުކުރަން އުޅެފި ނަމަވެސް ހަކަތަ ދަށްވެ އަނބުރައިގަނެ، ވަރުބަލިވެ އަދި އަކުނިވަޔަށް ދެމުން ކަހަލަ ކަންކަން ވެސް މެދުވެރި ވެދާނެ އެވެ. އެހެންވެ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންް ޖެހޭ ކަމެކެވެ.
ކަސްރަތުގެ ކުރިން ބޭނުން ކުރެވިދާނެ ކާނާ
ކަސްރަތު ކުރަން އެއް ގަޑިއިރަށްވުރެ ކުޑަތަން ވެއްޖެ ނަމަ
- 1 ޖޯޑު ކޮށާފައި ހުރި މޭވާ ނުވަތަ½ ތަށި ހަކުރު އަޅައިގެން ގިރާފައި ހުރި ޖޫސް ނުވަތަ
- 1 ތަށި ހަކުރު ނާޅާ ތާޒާ މޭވާގެ ޖޫސް
ކަސްރަތު ކުރަން ދެތިން ގަޑިއިރު އޮތް ނަމަ
- 1 ފޮތި ހުދު ޕާނުގެ ސޭންޑްވިޗެއް (މެޔޮނެއިޒް ނުވަތަ ސެލެޑް ޑްރެސިންގް ނާޅާ) + 1 ޖޯޑު މޭވާ ނުވަތަ
- 1 ފޮތި ހުދު ޕާނުގެ ސޭންޑްވިޗެއް (މެޔޮނެއިޒް ނުވަތަ ސެލެޑް ޑްރެސިންގް ނާޅާ) + ½ ޖޯޑު ފިހުނު ނުވަތަ ފެނުކެއްކި ފަލަމަޑި ނުވަތަ
- ½ ޖޯޑު ފިހުނު ނުވަތަ ފެނުކެއްކި ފަލަމަޑި + 1 ޖޯޑު މޭވާ
ކަސްރަތުގެ ކުރިއަށް 3 ގަޑިއިރަށްވުރެ ގިނައިރު އޮތް ނަމަ
- ބަތްއަޅާ ސަމްސަލުގެ 2 ސަމްސާ ބަތް + ކިރު ނާޅާ ކައްކާފައި ހުރި ލައިގެން ކާއެއްޗެއް (ތެޔޮ ވީހާ ވެސް މަދުން ނުވަތަ އަޅާ – މިސާލަކަށް ގަރުދިޔަ އާއި ބަތް) + 1 ޖޯޑު މޭވާހަމަ އެ މިންވަރަށް
- ޕާސްތާ (ތެޔޮ ނުވަތަ ބަޓަރު ފަދަ ތެލުގެ ބާވަތްތައް ބޭނުން ނުކޮށް + 1 ޖޯޑު މޭވާ
- 2 ފޮތި ހޯލްގްރޭން ޕާނުގެ ސޭންޑްވިޗެއް + 1 ޖޯޑު މޭވާއާޓާ ދެ ރޮށި + ތެޔޮ މަދުން ނުވަތަ ތެޔޮ ނާޅާ ލައިގެން ކާއެއްޗަކާ އެކު (މިސާލަކަށް ކިރު ނާޅާ، ކުޅި މަޑުކޮށް ކައްކާފައި ހުރި މަސް ރިހަ) + 1 ޖޯޑު މޭވާ
- އާޓާ ދެ ރޮށި + ތެޔޮ މަދުން ނުވަތަ ތެޔޮ ނާޅާ ލައިގެން ކާއެއްޗަކާ އެކު (މިސާލަކަށް ކިރު ނާޅާ، ކުޅި މަޑުކޮށް ކައްކާފައި ހުރި މަސް ރިހަ) + 1 ޖޯޑު މޭވާ