ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީވެސް ރިޔާސީ ނިޒާމް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގައިވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.
"އަޅުގަނޑު ގަބުލުކުރާގޮތުގައި މި ދެ ނިޒާމުގައިވެސް ރަނގަޅުކަންތައްތަކަކާ ގޯސް ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް މިރާއްޖެއަށް އެންމެ ރަނގަޅު ނިޒަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމް. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަށް ނިޒާމީ ވޯޓަކަށް ގޮސްފިކަމަށް ވަންޏާ އޭގަ ރިޔާސީ ނިޒާމް ރާއްޖޭގައި ބޭއްވުމަށްޓަކާ ކުރަންޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނެ ވާހަކަވެސް ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށް މިހާރު ވާންޖެހޭނީ ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަން އައު ޕާޓީ އަކަށް ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އޮވެ އެމްޑީޕީއަށް މާ ރަންގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރުކޮށް ބުނާނަމަ, ގައުމަށް އެންމެ މޮޅުވެފައި ރަގަޅުވާނީ ނަޝީދު ބުނާގޮތް ނޫން އަނެއް ގޮތެވެ. ހަމަ ގައިމުވެސް އަެނައެއް ދިވެހިރާއްޖް އަށް ނޫނީ އިސްލާމް ދީނަށް ހެވެއް ނޭދޭނެއެވެ.