މާލޭގައި ހިނގި އެކްސިޑެންޓެއްގައި، 74 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވެގެން ގެނައި އުމުރުން ދުވަސްވީ މީހަކަށް އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެކަމަކު، އެމީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ މިރޭ 19:44 ހާއިރު ބޮޑުތަކުރުފާނު މަގު، އޮކްސިޖަން ކެފޭ ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއް ހިނގި އިރު، ހަތަރު ކާރެއް ޖެހިގެން ހުޅުމާލެ އަށް ދާން އޮންނަ ލިންކް ރޯޑްގައި ވަނީ ބޮޑު އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓާއި ގުޅިގެން ދޮޅުގަޑިއިރަށް ބްރިޖުގެ ޓްރެފިކް ވަނީ ތޮއްޖެހިފަ އެވެ.

އީރާނުގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު
ކުރު ވާހަކަ: އެ ސިއްރު
މުޅި ރާއްޖެއަށް އަންނަނީ ވައި ނުސާފު ވަމުން: މެޓް