ކޮފީއަކީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. އެހެން ނަމަވެސް މިފަހަރު މިބަލާލަނީ ކޮފީގެ އާއްމު ބޭނުން ނޫން މުޅިން ތަފާތު ބޭނުމަކަށެވެ. ޒީނަތްތެރިވުމުގައި ކޮފީ ބޭނުން ކުރެވިދާނެ ދެތިން ގޮތަކަށެވެ.

ކޮފީ ސްކްރަބް އެކްސްފޯލިއޭޓާ

ކޮފީއަކީ ވަރަށް ރަނގަޅު ގުދުރަތީ އެކްސްފޯލިއޭޓާ އެކެވެ. އެއް ސަމުސާ ކޮފީއާއި ކާށި ތެޔޮ ފޮދެއްގެ އިތުރުން ޔޯގަޓް ކޮޅެއް ރަނގަޅަށް އެއްކޮށްލުމަށްފަހު އެއިން މޫނު މަސާޖު ކޮށްލާށެވެ. މަރުވެފައިވާ ހަންކޮޅުތައް ނެއްޓި މޫނު ސާފުވާނެ އެވެ.

ސެލިއުލައިޓް ރިޑިއުސިން ސްކްރަބް

ހަންގަނޑުގެ ދަށުގައި ޖަމާވެފައި ހުންނަ ސަރުބީ ނައްތާލައި ހަންގަނޑު އޮމާން ކުރުމަށްޓަކައި އެއް ސަމުސާ ކޮފީއާއި އެއް ސަމުސާ އޮލިވް އޮއިލް އަދި ކުޑަ ހަކުރު ކޮޅެއް އެއްކޮށްލުމަށްފަހު ސަރުބީ ޖަމާވެފައި ހުންނަ ިސަރަހައްދުތަކުގައި އުނގުޅާށެވެ.

ކޮފީ ހެއާ މާސްކް

ކޮފީއިން އިސްތަށިގަނޑުގެ ވިދުން ގަދަކޮށްދީ ވަރުގަދަ ކޮށްދެ އެވެ. އާއްމުކޮށް ގިރާ ގޮތަށް ކޮފީ ގިރާށެވެ. އިސްތަށިގަނޑު ޝޭމްޕޫ ކުރުމަށްފަހު ކޮފީ ފޮދު އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު ދޮވެލާށެވެ. އިސްތަށިގަނޑުގެ ކުލަ ރީތިވާނެ އެވެ.

އަންޑާ އައި މާސްކް

ލޯކައިރި ކަޅުވެ ފުފިފައި ހުންނަނަމަ ކޮފީ، މާމުއި އަދި ޔޯގަޓް ކޮޅެއް އެއްކޮށް ލޯ ކައިރީގައި ހޭކުމަށްފަހު 10 ވަރަކަށް މިނެޓު ބަހައްޓާށެވެ. ލޯ ކައިރީގައި ލޭ ދައުރުވުން އިތުރުވެ ދުޅަވުން ކުޑަވާނެ އެވެ.