ސަލްމާން ޚާންގެ ސޯޝަލް މީޑިއާގައި އޭނާ އެންމެ ފަހުން އާއްމުކުރި ފޮޓޯތަކާއަކު އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.

ސަލްމާންގެ އަންނައުނު ބްރޭންޑް "ބީންގް ހިއުމަން ކްލޯތިން"ގެ ފޮޓޯ ޝޫޓެއްގައި ނަގާފައިވާ އެ ފޮޓޯތަކުގައި ސަލްމާން ފެންނަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮ އަލީޒޭ އަގްނީހޯތްރީއާއެކުގަ އެވެ.

އޭގެ ތެރެއިން އެއް ފޮޓޯގައި އެ ދެމީހުން ޑެނިމް ގަމީހާއި ޖިންސް ލައިގެން ހުރިއިރު އަނެއް ފޮޓޯގައި އެ ދެމީހުން ހުރީ ކަޅު ކުލައިގެ ގުޅޭ ހެދުމެއްގަ އެވެ.

https://www.instagram.com/p/CyK1mqToiHa/?igshid=NzZhOTFlYzFmZQ==

މި ފޮޓޯތަކުން އާއްމުންނަށް ފާހަގަވި ކަމަކީ ސަލްމާން ޚާންގެ އުމުރާ އަޅާބަލާއިރު އޭނާގެ ޒުވާން ކަމެވެ. އެ ފޮޓޯތަކުގައި ސަލްމާން ފެނުނީ 90ގެ އަހަރުތަކުގައި އޭނާ ހުރި ގޮތާ ދާދި އެއްގޮތަކަށެވެ.

"މިއީ 57 އަހަރުގެ މީހެކޭ ބުނާނީ ކާކު؟ ސަލްމާންގެ އުމުރު ހިނގަނީ ފަހަތަށް" އިންސްޓަގްރާމްގެ އެ ޕޯސްޓަށް ކޮމެންޓް ކުރަމުން މީހަކު ބުނެފައިވެ އެވެ.

އަލީޒޭއަކީ ސަލްމާންގެ ކޮއްކޮ އަލްވީރާ ޚާންއާއި އޭނާގެ ފިރިމީހާ އަތުލް އަގްނިހޮތްރީގެ ދަރިއެކެވެ. ވަރަށް އަވަހަށް އަލީޒޭ ވެސް ބޮލީވުޑަށް ތައާރަފްވާނެ އެވެ.