ހިސާބަކީ ގިނަ ކުޑަކުދިންނަށް އެންމެ އުނދަގޫ އަދި ކިޔަވަން އެންމެ ފޫހިވާ މާއްދާ ކަމުގައި އޮންނަނީ ވެފަ އެވެ. ނަތީޖާއަކަށް ވަނީ އެ މާއްދާއިން ކުދިންގެ ނަތީޖާތައް ވެސް ދަށްވުމެވެ. އެހެން ނަމަވެސް ބެލެނިވެރިންނަށް އޮތް އުފާވެރި ހަބަރަކީ ގޭގައި ކުރެވޭ ވަރަށް ފަސޭހަ ބައެއް ކަންކަމުން ކުދިންގެ ހިސާބު ހުނަރުތައް ރަނގަޅުވާނެ ކަމެވެ.

ހިސާބަކީ މަޖާ މާއްދާއަކަށް ހަދާ!

ގިނަ ކުދިން ހިސާބު މާއްދާ ކިޔަވަން ބޭނުން ނުވަނީ އެއީ ފޫހި މާއްދާއަކަށްވާތީ އެވެ. އެކަން ބަދަލު ކުރަން ބޭނުންނަމަ ހިސާބު ކިޔަވާ ގަޑިއަކީ މަޖާ ގަޑިއަކަށް ހަދާށެވެ. އެގޮތުން ހިސާބުގެ މަސައްކަތްތައް އެކުލެވޭ އެކި ކަހަލަ ގޭމްތައް ކުޅެވިދާނެ އެވެ.

ވާހަކައެއް ކިޔައިދީ!

ކުޑަކުދިން އެންމެ ކުރާ ހިތްވާ އެއް ކަމަކީ ހަމަ ގައިމުވެސް ވާހަކަ ކިޔުމާއި އަޑު އެހުމެވެ. އެހެން ކަމުން އެއް ކުރުމާއި ކެނޑުމާއި ގުނަކުރުން އަދި ގެއްލުން ފަދަ ހިސާބާ ގުޅޭ ކަންކަން ހިމަނައިގެން އެ ކުދިންނަށް ވާހަކަތައް ކިޔައިދޭށެވެ.

ކާމިޔާބީތައް ފާހަގަކުރޭ!

ހިސާބަކީ ކިޔަވަން ފޫހިވާ މާއްދާއަކަށް ވާއިރު އެ މާއްދާއިން ކުއްޖާ ހޯދާ ކިތަންމެ ކުޑަ ކާމިޔާބީއެއް ނަމަވެސް ފާހަގަ ކުރުމަކީ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އިތުރަށް މަސައްކަތް ކުރަން އެ ކުއްޖާއަށް ހިތްވަރު ލިބޭނެ ކަމެކެވެ.