ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ފިލްމީ މަސައްކަތްތަކުން ހަމަސް ދުވަހަށް ދުރަށް ދާން ނިންމާފައިވާ ކަން އިއުލާން ކޮށްފި އެވެ.

ސަޕޯޓަރުންނާއެކު ބޭއްވި ޒޫމް ސެޝަންއެއްގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ އަންހެނުން އާލިއާ ބަޓް އޭނާގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ"ގެ މަސައްކަތްތަކުގައި ބުރަކޮށް އުޅޭނެ ކަމަށާއި އެހެން ކަމުން ދަރިފުޅު ރަހާ ކައިރީގައި ހުންނަން ޖެހޭނެ ކަމަށެވެ.

ރަންބީރު އިތުރަށް ބުނީ ރަހާ މިހާރު ހުރީ ވާހަކަ ދައްކަން ފަށާ އުމުރުގައި ކަމަށާއި އެހެން ކަމުން ދަރިފުޅާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ.

ރަހާއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ "އެނިމަލް" އަށްފަހު އެހެން އެއްވެސް ފިލްމަކަށް ސޮއި ކޮށްފައި ނުވާނެ ކަމަށް ވެސް ރަންބީރު ބުންޏެވެ.

"ރަހާ އުފަންވީއްސުރެ އަހަރެން މިއުޅެނީ މެދުކެނޑުމެއްނެތި މަސައްކަތުގައި. ބޭނުންވާވަރަށް ދަރިފުޅަށް ވަގުތެއް ނުދެވޭ" ރަންބީރު ބުންޏެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ރަންބީރު އެންމެ އަވަހަށް ދެން ފެންނާނީ ސަންދީޕް ރެޑީ ޑައިރެކްޓްކުރާ ފިލްމު "އެނިމަލް"އިންނެވެ. އެ ފިލްމު ސްކްރީންތަކަށް އަންނަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު އެއްވަނަ ދުވަހު އެވެ.