ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޑަންކީ"ގެ އެންމެ ފުރަތަމަ ޓީޒާ، "ޑަންކީ ޑްރޮޕް 1" އިއްޔެ ބެލުންތެރިންނާ ހަަމައަށް ގެނެސްދީފި އެވެ.
ޝާހްރުކް ޚާންގެ 58 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާ އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ޑަންކީއަކީ ވަކިވަކި ފަރުދުންގެ ހުވަފެންތައް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.
ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ވިކީ ކައުޝަލް މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމުގައި ވެޓެރަން އެކްޓަރު ދަރްމެންދްރާގެ ފެނިލުމެއްވެސް ފެންނާނެ ކަމަށް ބުނެވެ އެވެ.
ރެޑް ޗިލީސް ޕްރޮޑަކްޝަންސްއާއި ރާޖްކުމާރު ހިރާނީ ފިލްމްސްއިން ޕްރޮޑިއުސްކޮށް ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ "ޑަންކީ"އަކީ މިއަހަރު ނުކުންނަ ޝާހްރުކް ޚާންގެ ތިންވަނަ ފިލްމެވެ.
މީގެ ކުރިން ނުކުތް ޕަތާންއާއި ޖަވާންއަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ބޮކްސް އޮފީހުގައި ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ.
ޑަންކީ ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ޓްރަމްޕްގެ ތުހުމަތުތަކުން އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެދާނެ
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި
"އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ނޯޓިސް ވެސް ނުދީ"