ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑިގެން އުޅެނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ކަރަންޓު ކެނޑިގެން އުޅޭ ސަރައްދުގައި ހުރި ފުލެޓު ތަކަކީ، ފުލެޓު ނަންބަރު 139،140،144،145 އެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ، ކަރަންޓު ދިނުމުގައި ދިމާވި ޓެކްނިކަލް މައްސަލައެކެވެ. އަދި އެކަމަށް އެޅޭނެ އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް ދަމުން ދާކަމަށާއި، ވީހާވެސް އަވަހަކަށް ދިމާވެގެން އުޅޭ މައްސަލަ ދެނެގަނެ ކަރަންޓު ކެނޑިގެން އުޅޭ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށދޭނެކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ކަރަންޓް ދިޔުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދެފަ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެމަތިން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.