ބްރޯޑްކޮމް އިން ދޫކުރާ ރީ-ބްރޯޑްކާސްޓިން ލައިސަންސް ނުނަގާ ވެސް އަމިއްލަ ބޭނުމަށް ނުވަތަ ގޭބިސީތަކުގައި ރީ-ބްރޯޑްކާސްޓްކުރެވޭ ގޮތަށް ނުވަތަ ކޭބަލް ޓީވީން ދައްކާ ޗެނަލްތައް ތަފާތު ހިދުމަތްތައް މެދުވެރިކޮށް ބެލޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ ކޮމިޝަނުން އެ އިސްލާހު ގެނެސްފައިވަނީ ރީ ބްރޯޑްކާސްޓިން ގަވާއިދުގެ 'ހިދުމަތް ދިނުމުގެ ލައިސަންސް'އާ ގުޅޭ، ބަޔަށެވެ. އެއީ ފަސް ވަނަ މާއްދާ އެވެ.

އެ މާއްދާގައި ކުރިން އޮތީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭން ވާނީ، އެ ކަމަށް އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދުކުރާ ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ކަމަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ، އަމިއްލަ ބޭނުމަށް ރީ-ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެ ލައިސަންސް ނެގުން އިސްތިސްނާކޮށްފަ އެވެ.

އެ އިސްލާހުގައި ވަނީ އަމިއްލަ ބޭނުމަށް" ރީ-ބްރޯޑްކާސްޓްކުރުން ވެސް ތަފްސީލުކޮށްދީފަ އެވެ.

އަމިއްލަ ބޭނުމަށް ފިޔަވައި ރާއްޖޭގައި އެއްވެސް ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ވާނީ އެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ކޮމިޝަނުން ދޫކުރާ ރީ-ބްރޯޑްކާސްޓިން ލައިސަންސް ލިބިގެން ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ކަމަށް ގެނެސްފައިވާ އިސްލާހުގައިވެ އެވެ.

ލައިސަންސަށް އެދޭ ފަރާތަކީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަަރޭޓިވް ސޮސައިޓީއަކަށް ވެގެންނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.