ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު އެ މަގާމަގަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • އަބްދުއްސަލާމް / މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  • އަޙްމަދު ނައުޝާދު / ހުދުވިލާގެ، ސ. މީދޫ
  • އަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ
  • މަރްޔަމް ނިހާޔަތު / މ. ތާޖު، ކ. މާލެ
  • އަބްދުލްމާނިޢު ޙުސައިން / އަންބަރީގެ، ހއ. އިހަވަންދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36,000.00 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15,000.00 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300.00 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބިވަޑައިގަންނަވަ އެވެ.