2021 ވަނަ އަހަރު ނުކުތް ފިލްމް "ޕުޝްޕާ: ދަ ރައިޒް"އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމެކެވެ. އެ ފިލްމަށް ލިބުނު ކާމިޔާބާއެކު އެ ފިލްމުގެ ލޑް އައްލޫ އަރްޖުންއާއެކު ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ފެށުނެވެ.

އެގޮތުން "ޕުޝްޕާ: ދަ ރޫލް"ގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުން އަންނައިރު މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަނީ މުޅިން އެހެން ވާހަކަ އެކެވެ.

އެގޮތުން އެ ފިލްމުގައި އައްލޫ އަރްޖުން ކުޅެފައިވާ ރޯލަށް އޭނާ އެއްވެސް ފީއެއް ނަގާފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ. އޭގެ ބަދަލުގައި ފިލްމުގެ އެއްބަސްވުމުގައި އޮތީ އެހެން ކަމެކެެވެ.

އެގޮތުން އައްލޫ އޭނާގެ މަސައްކަތަށް އަގެއް ނަގާފައި ނުވިނަމަވެސް ފިލްމަށް ލިބޭ ޖުމްލަ އާމްދަނީގެ 33 ޕަސެންޓްގެ ވެރިޔަކީ އައްލޫ އެވެ.

"ޕުޝްޕާ ދަ ރޫލް"ގެ އޯޓީޓީ ރައިޓްސް 30 ކްރޯޑް ރުޕީސްއަށް އެމޭޒަންއިން ގަނެފައިވާކަމަށް ހަބަރުތައް ފެތުރުނުއިރު އޭގެ ތިން ގުނަ ބޮޑު އަގެއް ދައްކައި އެ ރައިޓްސް ނެޓްފްލިކްސްއިން ހޯދާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެހެން ކަމުން އައްލޫ އެ ފިލްމަށް އަގެއް ނުނެގި ނަމަވެސް ދިގު މުއްދަތުގައި އޭނާއަށް އެ ފިލްމުން އެއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެވެ އެވެ.