ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ އަމިއްލަ ސްކިން ކެއާ ބްރޭންޑު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރު އެވެ. 'އެއިޓީ ޓޫ އީސްޓް'ގެ ނަން ދީފައިވާ މި ބްރޭންޑުގެ ދަށުން ފަސް ޕްރޮޑަކްޓު ބާޒާރަށް ނެރެ އެވެ.

މިބްރޭންޑް އިންޑިއާގައި މަޝްހޫރުވެފައިވާއިރު މިބްރޭންޑްގެ ޕްރޮޑަކްޓުތައް ވިއްކާ އަގު ބޮޑުވެގެން ގިނަ ބަޔަކު ނުރުހުން ވަނީ ފާޅުކުރަން ފަށާފަ އެވެ.

ދިޕިކާ އޭނާގެ ބިއުޓީ ޕްރޮޑަކްޓުތައް ވިއްކަބީ 2500 ރުޕީޒްއިން ފަށައިގެންނެވެ. އަދި 2500 ރުފީޒްއަށް ވެސް ލިބެނީ ކުޑައެތިކޮޅެއްކަމަށް ކަމަށްބުނެ ގިނަބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ދިޕިކާގެ ބްރޭންޑަށް ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު އޭނާ ވަނީ ދފަ އެވެ. އެގޮތުން ސީއެންބީސީ ޓީވީ 18 އަށް ދިން އިއްޓަވިއުއްގައި ދިޕިކާ ބުނީ އޭނާ ވަކި އަގެއްގައި ޕްރޮޑަކްޓެއް ވިއްކާ ކަމަށް ވާނަމަ، އެ އަގުގައި އެ ޕްރޮޑަކްޓް އޭނާ ވެސް ދަނީ ބޭނުން ކުރަމުން ކަމަށެވެ.

"2500 ރުފީޒްއަށްވެސް އަޅުގަނޑު މި ވިއްކަނީ ހަމަ އަޅުގަޑުވެސް ބޭނުންކުރާ ޕްރޮޑަކްޓުތައް. މީގެ ކުރިންވެސް ޕްރޮޑަކްޓުތައް ކުރިއަރާފައި ހުރީ މިގޮތަށް. އަގަށް ބަދަލެއް ނުގެންނާނަން،" ފާޑުކިއުންތަކަށް ރައްދު ދެމުން ދިޕިކާ ބުންޏެވެ.

މީގެ އިތުރުން ދިޕިކާ ބުނިގޮތުގައި ފާއިތުވި އެއް އަހަރު ކާމިޔާބު ބްރޭންޑެއްގެ ގޮތުގައި އެމީހުންނަށް އާދެވިފައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގަވައިދުން ރަނގަޅަށް ކަންކަން ކުރެވެމުންދާތީ ކަމަށާއި އެކަން ކުރިއަށް އޮތް ތަނުގައިވެސް ކުރަމުންދާނެ ކަމަށެވެ.

82އީ ގެ ހުރިހާ ޕްރޮޑަކްޓްސްތަކެއްވެސް އެންމެ ފުރަތަމަ ބޭނުން ކުރަނީ ދީޕިކާ ކަމަށްވެސް އޭނާ ބުނިއެވެ. އެއީ ޕްރޮޑަކްޓްތަކުގެ ކްލިނިކަލް އަދި ހަމުގެ ޓެސްޓުތަކަށްވުރެންވެސް ކުރިންނެވެ.