ލިސްޓަރިން މައުތު ވޮޝްއަކީ އަހަރުމެންގެ ގިނަ ގޭގެތަކުން އާއްމުކޮށް ފެންނަ އެއްޗެކެވެ. އަނގައގެ ސާފުތާހިރުކަމަށް ބޭނުން ކުރެވޭ މި ބާވަތަކީ ހައިރާން ކުރުވަނިވި އެހެން ބޭނުންތަކެއް ވެސް ހިފޭ އެއްޗެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ބޭނުންތަކަށެވެ.

ނުބައި ވަސް ނައްތާލުން

ލިސްޓަރިންއަކީ ކޮންމެ ކަހަލަ ވަހެއް ވެސް ނައްތާލަން އެހީވެދޭ އެއްޗެކެވެ. އެގޮތުން ފިޔާ، ލޮނުމެދު ނުވަތަ މަހުގެ ބާވަތްތައް ބޭނުން ކުރުމަށް ފަހު އަތުން ވަސް ކަނޑުވައިލަން ބޭނުން ނަމަ ލިސްޓަރިން އަތުގައި ހާކައިލެވިދާނެ އެވެ. ފައި ތިލައިން ނުބައި ވަސް ދުވާނަމަ ފެންވެރުމަށްފަހު ފޮތިކޮޅެއް ނުވަތަ ކުޑަ ތުވާއްޔަކަށް ލިސްޓަރިން އެޅުމަށްފަހު ފައިގެ ދަށްފުށް މަސާޖްކޮށްލެވިދާނެ އެވެ. ކުނިކޮތަޅުން ނުބައިވަސް ދުވިޔަނުދީ ހިފެހެއްޓުމަށް ކަފަކޮޅަކަށް ނުވަތަ ޓިޝޫއަކަށް ލިސްޓަރިން އެޅުމަށްފަހު ކުނިކޮތަޅު ތެރެއަށް ލުމުން ކުނި ވަސް ކަނޑުވައިދޭނެ އެވެ.

ބޮލުން ހަންފޮޅުން ރަނގަޅު ކޮށްދޭ

ލިސްޓަރިންގައި ހިމެނޭ އެންޓި ފަންގަލް މާއްދާއަކީ ބޮލުން ހަންފޮޅުމުން ސަލާމަށްވުމަށް އޮތް ރަނގަޅު ފަރުވާ އެކެވެ. ފެންވެރުމުގެ ކުރީން ލިސްޓަރިން އާއި ފެން އެއްވަރަކަށް ތައްޓެއްގައި އެއްކޮށްލާށެވެ. ޝޭމްޕޫއިން ބޯ ދޮވުމަށްފަހު ތައްޔާރުކުރި މިކްސް ބޭނުންކޮށްގެން ބޮލުގެ ތަލައިގައި މަސާޖް ކޮށްލުމަށްފަހު ކުޑަ އިރުކޮޅަކު ބަހައްޓާލާފައި ބޯ ދޮވެލާށެވެ.

ފާރުތައް ރަނގަޅުކޮށް އިންފެކްޝަންތަކުން ދުރުކޮށްދޭ

ކަންފަތް ތޮރުފުމަކީ ދިވެހީންގެ މެދުގައި އާންމު ކަމެކެވެ. ތޮރުފުމުން ބައެއްމީހުންގެ ކަންފަތް އިންފެކްޓްވެ އެވެ. މައުތު ވޮޝް އަކީ ހަންގަނޑު ފެސޭހައިން ފަސޭހަކޮށްދޭ އަދި އިންފެކްޝަނުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ.

ބިއްލޫރިއާއި ބިއްލޫރު ފުޅިތައް ސާފުކުރަން އެހީވެދޭ

ފުޅިތަކުގެ އެތެރެ ސާފުކޮށް ވަސް ކެނޑުވުން އެއީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމަށް ވެސް މައުތު ވޮޝް ބޭނުން ކުރެވިދާނެ އެވެ. ފުޅީގެ ތިންބައިކުޅަ އެއްބަޔަށް ފެން އެޅުމަށް ފަހު ބާކީ ހުރި ތަނަށް މައުތު ވޮޝް އަޅައި ރޭގަނޑު އެއްކޮށް ބަހައްޓާފައި ހެނދުނު ދޮވެލާށެވެ. ބިއްލޫރި ސާފު ކޮށްލުމުގެ ގޮތުން މައުތު ވޮޝް ބިއްލޫރިގަނޑުގައި ހާކައިލުމަށްފަހު މަޑު ފޮތިކޮޅަކުން ބިއްލޫރިގަނޑު ފުހެލާށެވެ.