ފުވައްމުލަކު ސިޓީގައި ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުޑަ ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރޭ ދަންވަރު 3:40 ހާއިރު އެ ކުއްޖާ ފެނުނީ ފުވައްމުލަކު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެ އެވެ.
ސައިކަލަކާ އެކު ވެއްޓިފައި އޮއްވާ ފެނިފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިއަށް ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ހަމަ ނިންޖަކަށް ބޭނުންކުރެވޭ ބައެއް އުކުޅުތަކުގެ ހަގީގަތް!
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އެހާލަތަށް ނުދިއުން އުންމީދަކީ
ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލައެއް ރިޕޯޓް ކުރި: ފުލުހުން