އިޒްރޭލުގެ ފައުޖުތަކުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ކުރުމުން ރާއްޖެ އިން އެކަމާ ކަންބޮޑުވާކަން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާ ސަފީރުގެ އަރިހުގައި ދަންނަވައިފި އެވެ.
މިނިސްޓަރު ޒަމީރު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީހިއުގޯ ޔޮންއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ދަރަނިވެފައިވާ ފެނަކައަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފި
ނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނަށް ދެ ބޭފުޅުން އިއްޔެ އައްޔަންކޮށްފި އެވެ. ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެއް ބޭފުޅަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި އިބްރާހިމް ނާއިފެވެ. ނާއިފްގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހުސެއިން ޒުހުރީ އެވެ.
މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައި ދެނީ
އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ އިރު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
މާލީ ބަޔާން މިންގަނޑަށް ނުފެތޭ ފަސް ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ހުށަހެޅުއްވި މާލީ ބަޔާން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭތީ ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ފޮނަދޫ ދާއިރާ އަށް ވާދަކުރަން އަދުރޭ ނިންމަވައިފި
މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ފޮނަދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ
މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ޑޮލަރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފި އެވެ. އެ ގަރާރު މަޖިލިހަށް ފޮނުއްވީ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެވެ.
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން މަޖިލިހުން ބަލައިގެންފި
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު އެ މަޖިލިހުން އިއްޔެ ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ. ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އެ ގަރާރު މަޖިލިހަށް ބަލައިގަނެ ފޮނުވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށެވެ. އެ ގަރާރު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.
ބޭނުންވަނީ ޔާމީންގެ ތަރައްގީގެ ވިސްނުމާ އެއްގޮތަށް މާލެ ބަދަލުކުރަން: ހުސެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ވިސްނުންފުޅާ އެއްގޮތަށް މާލެ ބަދަލުކޮށްލަން ބޭނުންވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މާލެ އަށް މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމާއި ޕީއެންސީ ދޫކޮށްލެއްވި ޔާމީން ޕީއެންއެފަށް ސޮއި ކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަފްލާގައި ހުސެއިން ވިދާޅުވީ އޭނާއަކީ މާލޭގެ މަންޒަރު ބަދަލުވެގެން އައި ގޮތް އެކި ގޮތް ގޮތަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މާލެއަކީ ކުޑަކުޑަ ތަނަކަށް ވެފައި، މީހުންނާއި ވެހިކަލްތައް އިތުރުވެގެން ދިޔައީމަ އެކަށީގެންވާ މާލެއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ދިން ލުއި ފިޔަވައި އިތުރު ލުޔެއް ޔާމީނަށް ނުލިބޭ: މަލީހް
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް މި ސަރުކާރުން ދިން ލުޔެއް ނެތް ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އިއްޔެ ޕީއެންއެފްއަށް ރައީސް ޔާމީން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.