ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަ ޖެނެރަލް އިބްރާހިމް ހިލްމީ އައްޔަންކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް މުއިއްޒު ވަނީ މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވައިފަ އެވެ. ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް މިދިޔަ އާދިއްތަ ދުވަހު ޕްރޮމޯޝަން ވެސް ދެއްވައިފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސެވެ.
މިދިޔަ ސަރުކާރުގައި އެމްއެންޑީއެފްގެ މޭޖަ ޖެނެރަލްގެ ރޭންކަށް ދަރަޖަ މަތިކޮށްފައިވާ ހާމިދު ޝަފީގު އާއި ވައިސް ވަހީދު، އިއްޔެ ވަނީ ސިފައިންގެ ހިދުމަތުން ރިޓަޔަ ކުރައްވައިފަ އެވެ.