ޓްރީޓޮޕް ހޮސްޕިޓަލުން ޅ. އަތޮޅުގައި ހެލްތު ކޭޕެއް ބާއްވައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިކޭޕް ކުރިއަށް ގެންގޮސްފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި، ޅ. އަތޮޅު ކައުންސިލާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ހެލްތު ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުން، ކަށީގެ ހާއްސަ ޑޮކްޓަރުން، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، އެންޑޯކްރިނޮލޮޖީ ޑޮކްޓަރުން، ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވި އެވެ.

މިގޮތުން ބަލިމީހުންނަށް ހެލްތު ސްކްރީނިން ހަދައިދިނުމުގެ އިތުރުން މި ހެލްތު ކޭމްޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިދެވުނެވެ. އަދި މި ހެލްތު ކޭމްޕްގެ ހެލްތު ސްކްރީނިން ހިދުމަތް ފުޅާދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ޅ.އަތޮޅުގައި ކުރިއަށް ގެންދިޔަ ހެލްތް ކޭޕުގެ ތެރެއިން

ހެލްތު ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް ނެޕްރޮލޮޖިސްޓް ޑރ. މްލަޑެން ނޮޓެކް، އީ.އެން.ޓީ ސްޕެޝިއަލިސްޓް ޑރ. ޗަންދްރަޝޭކަރު ރަވާލް، ކޮންސަލްޓަންޓް ކަރޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވަލް، ކޮންސަލްޓަންޓް ޑަރމަޓޮލޮޖިސްޓް ޑރ. އަނޫ އަގަރްވާލް،ކޮ ކޮންސަލްޓެންޓް އޮތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް، ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މޫސާ މަނިކު އިބްރާހިމް، ކޮންސަލްޓެންޓް އޮތޯޕީޑިކް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޮބްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓް ޑރ. ޕްރީތީ ސޮލޮމަން އަދި ކޮންސަލްޓަންޓް އެންޑޯކްރިނޮލޮޖިސްޓް ޑރ. ބިނޫ ޕިއްލައި ހިމެނެ އެވެ.