ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ. ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ. އެ މައްސަލައިގައި މަޖިލިހުގެ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ވަކި ވަކިން ވޯޓަށް އެހުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރެވޭ ގޮތް އިސްލާހު ކުރަން މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ މައްސަލަ ވެސް ވަނީ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

ކެބިނެޓުން އިއްޔެ ނިންމި ކަންކަން ހާމަކުރައްވަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް މިގޮތަށް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ

ގެދޮރުވެރިޔާ ފްލެޓް މައްސަލައިގައި މީހުން އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަނީ

އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލަށް އެކްސެސް ލިބުނުން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ.

ފިލްމީ ތަރި ޔުނާން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށާއި މާދަމާ އެމައްސަލަ ހައިކޯޓަށް ހުށައަޅާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް" ހިމަނާފައިވާ ކަމަށެވެ.

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް އަމިއްލަ ކުންފުނިތަކަށް ދެން ނުދޭނެ

ސަރުކާރުން މިގޮތަށް ނިންމުމާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ އެވެ. ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6،000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެ ތެރެއިން 4،706 މީހުން ވަނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފަ އެވެ.

ބަންގްލަދޭޝް ލޭބަރުން ގެންނަން ހުއްދަ ދިނީ ގާނޫނާ ހިލާފަށް: ފައްޔާޒު

ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ސަރުކާރުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ހުއްދަ ދިނުމުގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަކިކުރުމަށް އެމްޑީޕީއަކުން މަޝްވަރާއެއް ނުކުރޭ: އިކްރާމް

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އިކްރާމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި އަދި ނެތް ކަމަށެވެ. އަދި ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހުތަކަކީ، މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ގެނެވޭ އިސްލާހެއް ކަމަށް އިކްރާމް ވިދާޅުވި އެވެ.