ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައި ހުރި ގިނަ ބިދޭސީންތަކެއް އެބަޔަށް ވަނީ ޕޮޒިޓިވްވެފައި އެވެ. އެގޮތުން ހދ. ކުޅުދުއްފުށިން 25 ބިދޭސީއަކަށް މިބަލި ޖެހިފައިވާއިރު ހުޅުމާލެއިން ވަނީ ބިދޭސީއަކު މިބަލި ޖެހިފަ އެވެ. މިއާއެކު ރާއްޖޭގައި ފައިލޭރިޔާ ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައި އެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން އަންނަނީ ބަލަމުންނެވެ.
އުތުރުގެ ރަށްތަކާއި މާލެ ސަރަހައްދުގައި ފައިލޭރިޔާއަށް ޓެސްޓު ކުރުމުގެ މަސައްކަތް ފުޅާކުރުމަށް ވަނީ ނިންމާފަ އެވެ.
ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ މި ބަލި ފެނުމާ ގުޅިފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ފެށުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
ހަމަލާތައް މެދުނުކެނޑި ދޭއިރު، ޣައްޒާ އަށް އެހީ ނުދެވޭނެ: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ކޯރަމް ހަމަނުވެގެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމެޓީ ނުބޭއްވުނު
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ފޮނުވާލާފައި ވަނީ މި މަހުގެ 18 ގަ އެވެ. އެހެން ނަމަވެސް އިއްޔެ ބާއްވަން އުޅުނު ކޮމެޓީ ވަނީ ކޯރަމް ހަމަނުވެގެން ކެންސަލުކޮށްފަ އެވެ.
އަމީނީ މަގު މިހާރު ހަދާ ބައި ހަދަނީ އިތުރަށް ފުޅާކޮށްގެން: މިނިސްޓަރު
އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބް އިއްޔެ ވަނީ އެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
މަޝްރޫއު ކުރިއަށްދާ ގޮތް ބެއްލެވުމަށް ފަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމީނީ މަގުގެ މިހާރު ހެދެމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށް ވާތީ އެ މިހާރު ހަދަމުންދާ ބައި ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ އަށް ވާދަކުރުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.