ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި ނަމަވެސް އޭނާ ޝަރުތުތަކާއި ހިލާފުވެފައިވާތީ އަލުން ބަންދުކޮށް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ން ކޯޓުގައި އެދިއްޖެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން ބުނީ ޔުނާން އަލުން ބަންދުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅީ އޭނާ ބަންދުން ދޫކުރުމަށް އެއްބަސްވެފައިވާ ޝަރުތުތަކާ އޭނާ ޚިލާފްވެފައިވާތީ ކަމަށެވެ. އޭނާ ބަންދުން ދޫކު ރިއިރު ކަނޑައަޅާފައިވާ ޝަރުތަކީ މެޑިކަލް ކަންކަމުގައި އެކަނި ބޭރަށް ދިއުމަށް ވި އެހެންނަމަވެސް އޮފިޝަލް ވިދާޅުވީ ޔުނާން އަލުން ބަންދު ކުރުމަށް ހުށަހެޅީ އޭނާ އެހެންކަމުގައިވެސް ބޭރަށްދާތީ ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުވެސް ކޮށްފަ އެވެ.