ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދާ ހާއްސަ ފާޓިލިޓީ ސާވިސަސް ނުވަތަ ދަރިމައިވުމުގެ ސުވާލާއި ޖަވާބު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޮންސަލްޓެންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ރިޕްރޮޑަކްޓިވް މެޑިސިން ޑރ.އަނީތާ ގޯރާ އާއެކު ކުރިއަށްގެންދާ ހާއްސަ ފާޓިލިޓީ ސާވިސަސް ސުވާލު އާއި ޖަވާބު ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ޑރ.އަނީތާ ގޯރަކީ އިގިރޭސިވިލާތުގެ ބްރިޓިޝް ފާޓިލިޓީ ސޮސައިޓީގެ ސެޓްފިކެޓާއި، ތަމްރީނު ލިބިފައިވާ އަދި އެކްރެޑިޓް ކޮށްފައިވާ ފާޓިލިޓީ ސްޕެޝަލިސްޓެކެވެ. ޑރ.އަނީތާ ގޯރާ އިން-ވިޓްރޯ-ފާޓިލައިޒޭޝަން (އައިވީއެފް) ފަރުވާ ދެއްވާތާ 20 އަހަރު ވެފައިވާއިރު، އިނގިރޭސިވިލާތާއި އިންޑިއާ އަދި އޮމާންގައި ވެސް ދަރިމައިވުމުގެ ހިދުމަތް ދެއްވުމުގެ ތަޖުރިބާ ޑރ.އަނީތާ ގޯރުގެ އެބަހުއްޓެވެ.

"މި ފާޓިލިޓީ ސުވާލު އާއި ޖަވާބު ސެޝަނަކީ ވަރަށް ހާއްސަ ޝައުގުވެރި އަދި ތައުލީމީ ސެޝަނަކަށް ވެގެންދާނެ، މި ސެޝަންގައި ދަރިމައިވުމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި، މި މުހިންމު މައުޟޫއާ ބެހޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ޖަވާުބުދެވޭނެ،" ޑރ އަނީތާ ގޯރާ ވިދާޅުވި އެވެ.

ފާޓިލިޓީ ސާވިސަސް ސުވާލު އާއި ޖަވާބު ސެޝަން އޮންނާނީ މިމަހުގެ ތިނެއް ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ.

ޝައުގުވެރިވާ އެންމެންނަށް ނުވަތަ ދަރިމައިވުމުގެ ސިއްހަތާ ބެހޭ ސުވާލުތަކެއް ޖަވާބު ހޯއްދަވާ ހުރިހާ އެންމެންނަށް މި ސެޝަނަކީ މި ދާއިރާގެ ތަޖުރިބާކާރެއްގެ ފަރާތުން ޖަވާބު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެވެ. ޝައުގުވެރިވާ އެންމެން ވެސް މި ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.