ކުރީގެ ސަރުކާރުން ނިންމި ނިންމުމާއެއްގޮތަށް އެކެއް ޖެނުއަރީން ފެށިގެން ފުލުހުންގެ މުސާރަ މިވަގުތު ބޮޑުކޮށްދެވެން ނެތް ކަމަށް އަންގައިފި އެވެ.
ފުލުހުންގެ ހެޑް އޮފް ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ސޮއިކުރައްވައި މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް އަންގާފަ އެވެ.
އެ އެންގުމުގައި ވަނީ ދައުލަތުގެ މުސާރަ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވޯކަށް" ފުލުހުންގެ މުސާރަ ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވެން ނެތީ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
ފުލުހުންގެ އެންގުމުގައި ވަނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ ނިންމުމާ އެއްގޮތަށް މުސާރަ ބޮޑުކުރަން ބޭނުންވާ ފައިސާ ވަނީ ދައުލަތުގެ ބަޖެޓްގައި ވެސް ހިމަނާފަ އެވެ.
ތިއުޅެނީ ގޯސްކުރަން ފުލުހުންގެ އާއިލާތަށް ހާލުޖައްސާފަ މަޖިލީސް ގޮޑިތައް ނެގޭނެ ކަމަށް ހީނުކުރާތި | އަދި މުސާރަ ބޮޑުނުކޮށް ތިހެން މަހަކަށް ވުރެ މަހެއް ލަސްކުރަމުންދާނަމަ ނަތީއްޖާ މާރަގަޅެއް ނުވާނެ ވިސްނާ ފިކުރު ކުރޭ 2018 ގަ ވެރި ކަމުގަ ހުރި މީހާ އަށް ވީގޮތް | އެފަދަ ގޮތަކަށް ވެގެން ނުދަނީސް ވިސްނާ (ހުރިހާ ފުލުހުންގެ ބަސް)
ތިޔަހެން ބިރެއްނުދެއްކޭނެ
ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރަން ބުނިއެއްޗެއް ބަޖެޓްގަ ރުފިޔާ ހިމަނާފަ، އެމުސާރަ ނުދިނީމަ އޭގެ މާނައަކީ ދެންނުދޭނެއޭ. މާރޗްގަ އަނެއްކަ ނޯޓުއެއް ފޮނުވާނެ ޖުލައިގައޭ ބޮޑުކޮަށްދެވޭނީ ކިޔާފަ، މުޅިން ވެސް މަކަރާ ހީލަތް، ފުލުހުން ނާއި ސިފައިންނަކީ ވެސް އާއިލާތަކަށް ނިސްބަތްވާ ބައެއްކަން ހަދާންކޮށްލަދެން
1 ޖެނުއަރީ ގައި ބޮޑުވާނެކަމުގެ ޔަޤީންކަން ދީފައި މިހާރު ބޮޑުނުކުރަން މި ނިންމީ މަޖިލިސް މެމްބަރުން ގަންނަން މިލިއަނުން ފައިސާ ޚަރަދުކުރަން ޖެހުމުން ތޯޗެއްް. ފުލުހުންނާއި ސިފައިންނާއި ތި ގޮތަށް ކުޅެން ހަދައިގެން ކަންކަން މާ ރަގަޅެއް ނުވާނެކަން ދަންނާތި. ރައީސް ނަޝީދުގެ ވެރިކަމަށްފަހު މުސާރަ އަށް ބަދަލެއް ނާދެ. ޔާމިން ސަރުކާރުގައި ބޮޑުކުރަން ނިންމާފައި ދޯކާ ދިނީ. އިބޫ ސަރުކާރުގައި ފަހުވަގުތު ބޮޑުވާނެޔޭ ކިޔާފައި ވެރިކަން ނިންމާލީ، މުޢިއްޒު އެ ގޯސް ނަހަދާ ޖެނުއަރީ ފެށިގެން މުސާރަ ބޮޑުކުރަން ނިންމާ.