ލޯކައިރި ކަޅުވުމަކީ ބައެއް ފަހަރު ހަމަ ނިދި ނުލިބުން ނުވަތަ މާ ބުރަކޮށް މަސައްކަތުގައި އުޅުމުން ކުރިމަތިވެދާނެ ކަމެކެވެ. މީގެ އިތުރުންވެސް އެލާޖީތަކުންވެސް މިކަން މެދުވެރި ކުރުވާއިރު މީހާ އުމުރުން ދުވަސް ވާވަރަކަށްވެސް މިފަދަ ކަންކަމާއ ކުރިމަތި ވެދާނެކަމަށް ސިއްހީ ދާއިރާގެ ތަޖްރިބާ ކާރުން ވަނީ ބުނެފަ އެވެ.

މިއީ ފަސޭހައިން ހައްލުކުރެވޭ ކަމަކަށް ނުވާއިރު މިކަމަށް ހުރި ބައެއް ފަރުވާތަކަކީ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަންކަމެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

ބޭކިން ސޯޑާ

ބޭކިން ސޯޑާއާއި ފެންފޮދެއް އެއްކުރުމަށްފަހު ޕޭސްޓް ތައްޔާރުކޮށްފައި ލޯ ކައިރީގައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާށެވެ. 10-15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ބޭކިން ސޯޑާއއަކީ ބާރުގަދަ އެއްޗަކަށް ވުމުން ލޯކައިރީގައި އުނގުޅުމުގެ ކުރިން ޓެސްޓްކޮށްލާފައި އުނގުޅުން ރަނގަޅެވެ.

އަލޯވެރާ

ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތާގައި އަލޮވެރާ ޖެލްކޮޅެއް އުނގުޅުމުން ހަނގަޑު ރަނގަޅުވެ އެވެ. ކަޅުވެފައި ހުންނަ ސަރަހައްދުގައި އަލޮވެރާ ޖެލްކޮޅެއް އުނގުޅާލުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އަލޮވެރާގައި ހިމެނޭ މާއްދާއެއް ކަމަށްވާ އެލޮއިން އިން ލޯކައިރި އަލިކޮށްދީ ރީތިކޮށްދެ އެވެ.

އަލުވި

އަލުއްވެއް ފޮތިކޮށްފައި ލޮލުގެ ކަޅުވެފައިވާ ސަރަހައްދުގައި ބާއްވާށެވެ. 10 މިނެޓްވަންދެން އަލުވި ފޮތި ބޭއްވުމަށްފަހު ދޮވެލާށެވެ. އަލުވީގައި ހިމެނޭ ކެޓެކޮލޭސް ކިޔާ މިމާއްދާއިން ލޯކައިރި އަލިކޮށްދީ ރީތިކޮށްދޭނެ އެވެ.