މާލޭގެ ގެއެއްގައި ގޭސް ލީކުވެގެން ހާލު ދެރަވި ދެ މީހެއްގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގޭގައި ދިމާވި ހާދިސާއެއް ފުލުހުން ނުބުނެ އެވެ.
ނަމަވެސް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ހާލު ދެރަވީ ގޭސް ލީކުވެގެންނެވެ.
ފުލުހުން ބުނީ ހާލު ދެރަވި ދެ މީހުންގެ ތެރެއިން އައިޖީއެމްއެޗަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މަރުވީ ދަފްތަރު ނަންބަރު ރސ 6210، މާލެ، ޒާހިދާ ތައުފީގު 51އ އެވެ.
ފުލުހުން ބުނީ ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓް ހިފަހައްޓައިފި
20 އަހަރު ވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ
ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން ޚަލީލް އިސްތިއުފާ ދެއްވައިފި