ލޯ ކައިރީގައި ރޫޖެހުމަކީ އުމުރުން ދުވަސް ވުމުގެ އާއްމު އަލާމާތެކެވެ. އެހެން ނަމަވެސް ޒުވާން ދުވަސްވަރު ވެސް ލޯ ކައިރީގައި ރޫ ޖެހުމަކީ ފެންނަ ކަމެކެވެ. މިއީ ގުދުރަތީ ގޮތުން ފަރުވާ ކުރެވިދާނެ ކަމެެކެވެ.
ކިރު
ކިރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން ކިރުގެ އެންމެ އޮލަބަޔަކީވެސް އެހާމެ ބޭނުންތެރި އެއްޗެކެވެ. ކިރު ތަށޓެއް ހާ ކިރު މަޑު ގިނީގައި އޮލަވަން ދެން ސަރަފޯސް ޖަހައިގެން ކައްކާށެވެ. އޮލަވި ކިރުފޮދު ހިހޫ ވުމުން ލޯކައިރީގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. ހިކުމުން ސާފު ފެނުން މޫނު ދޮވެލާނީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ހާކާލާށެވެ. މިއީ އައިސް އަލަމާރީގައި ފަޔ ދުވަސް ވަންދެން ރައްކާ ކުރެވޭނެ އެއްޗެކެވެ.
މާމުތް/ލުނބޯ
މާމުޔާއި ލުނބޯއަކީ އެކި ގޮތްގޮތުން ހަންގަނޑަށް ރަނގަޅު އެއްޗެކެވެ. ހަމަ އެހެންމެ މާމުތާއި ލުނބޯ އެއްކޮށް ބޭނުން ކުރުމުން ލިބޭ ފައިދާ ގިނަ އެވެ. އެއް ސަމުސާ މާމުތައް ދެ ތިކި ލުނބޯ ފޮދެއް އަޅާށެވެ. ލުނބޯ އަޅާ މިންވަރު މަދީ ލުނބޯއަކީ އެސިޑިކް އެއްޗަކަށް ވެފައި ލޯ ކައިރީގެ ހަންގަނޑު ނާޒުކު ވީމަ އެވެ. ލޯ ކައިރީގައި ހޭކައި 15 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ގޮތަށް ކޮންމެ ދުވަހަކު ކަންތައް ކޮށްލުމުން ހަފްތާއެއްގެ ތެރޭގައި ތަފާތު ފެންނާނެ އެވެ.
އަލްމަންޑްސް
ހަށިގަނޑަށް ފައިދާ ހުރި މަދު ތަކުގެ ތެރެއިން އަލްމަންޑް އަކީ އެންމެ ކުރީ ސަފުގައި އުޅޭ ވައްތަރުގެ މަދެކެވެ. އަލްމަންޑް ގައި އެކުލެވޭ ވިޓަމިން އީ ގެ ސަބަބުން މޫނުގައި ހުންނަ ރޫތައް ފިލުވާލައި މޫނު އޮމާން ކޮށްލަ އެވެ. ހޫނު ކިރު ކޮޅަަކަށް އަލްމަންޑް އަޅާ އަލްމަންޑްތައް މަޑުވުމުން ހިމުން ޕޭސްޓް އަކަށް ވާންދެން މިކްސްޗަރުން މުގުރާ ލާށެވެ. ލޯ ކައިރީގައި އަދި މޫނުގައި ހޭކުމަށްފަހު ގަޑިއެއްހާ އިރު ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު މޫނު ދޮވެލާށެވެ.
ބޭސްވެރިކަމުގެ ތިރެސިޕީތައް ނެރޭއިރު ކެހެނޑަފަތް މިއީ ބޮލުގެ އިސްތައްޓައް ކިހާވަރެއްގެ ފައިދާއެއް ހުރި ނުވަތަ ނޫންއެއްޗެއްކަން އެއްޗެއްކަން ހާމަކޮށްލަބަލަ