މާލޭ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބޮޑު ތަފާތަކުން މާލޭގެ މޭޔަރު ކަމުގެ އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަނީ ތަނަވަސް އަގުބިއްޔަތުން އިންތިހާބު ކާމިޔާބު ކުރެއްވުމުން އާޒިމަށް މަރުހަބާ ދަންނަވާފަ އެވެ.
މިހާތަނަށް ގުނި 47 ވޯޓު ފޮށީގެ ނަތީޖާއިން ދައްކާގޮތުގައި އާޒިމަށް ވަނީ 6000 އަށްވުރެ ގިނަ ވޯޓު ލިބިފަ އެވެ. އެއީ 45 ޕަސެންޓް ވޯޓެވެ. ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބުނީ 29 ޕަސެންޓް ވޯޓެވެ.
އާޒިމަކީ އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯ ކަމާއި އެމްޑަބްލިއުސްއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އާޒިމް ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.
ސިޔާސީގޮތުން ސްޓެލްކޯއަށް ވެއްދި މުވައްޒަފުންނަށް ބޮޑު މުސާރައެއް
ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފާސްކޮށްފި
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
