ރައްޔިތުންގެ މަޖިލީސް ހުޅުވައި ރައީސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ފަހުން ސަރުކާރު ބަންދު ނުކުރާ ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި، ރައީސް މުއިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސް އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ވަނީ ބާތިލްކުރައްވައިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ފެބުރުއަރީ މަހުގެ 5 ދުވަހު އެވެ.
މީގެ ކުރީގައި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
ޖަލު ހުކުމެއް ތަންފީޒުކުރި ބޮލީވުޑްގެ ބައެއް ތަރިން!
ޖޫރިމަނާ ކުރީ ހުއްދަވެސް ނަގާފަ އޮއްވައި
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި