ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޗައިނާގައި ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓުމަންޓުގެ ވައިސް މިނިސްޓަރު ސަން ހައިޔާން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ހައިޔާން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ ތިން ދުވަހުގެ މުއްދަތަކަށެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.

ހައިޔާން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާ ވެސް ބައްދަލުކުރައްވާނެ އެވެ.

އދ. މަހިބަދޫގައި މާދަމާ ބާއްވާ ރަސްމިއްޔާތެއްގައި ވެސް އޭނާ ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.