މާލެ ތެރޭގައި ހަށި ވިއްކަން އުޅުނު ބިދޭސީ އަންހެނަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި އެވެ.
މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނެކެވެ.
އޭނާ މާލޭގައި ކުއްޔަށް ހުރި ކޮޓަރިން ޖިންސީ އަމަލު ހިންގަން ބޭނުންކުރާ އާލާތާއި އެފަދަ އެހެން ވެސް ގިނަ ސާމާނު ފުލުހުން ވަނީ ހޯދާފަ އެވެ. އަދި އޭނާގެ އަތުން ގިނަ އަދަދަކަށް ފައިސާ ފެނިފައިވާއިރު، އެއީ ހަށިވިއްކައިގެން ހޯދި ފައިސާ ކަމަށް އޭނާ ވެސް ވަނީ އިއުތިރާފެއް ވެސް ވެފަ އެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ތަރުޖަމާނަކު ނުލިބުމުން ތަރުޖަމާނަކާ ނުލައި ބަންދު މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސްފައިވާތީ އެކަމުގެ މައްޗަށް ރިއާޔަތް ކޮށްކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މި އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ހުރުމުން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މާލޭން ހަށިވިއްކުމުގެ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކުރެ އެވެ.
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ރައީސް މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ޒަމީރު ވިދާޅުވެއްޖެ
އީރާނަށް ބޮން އެޅުން: ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފި