އެކިއެކި ބޭނުމުގައި އަހަރުމެންގެ ކެއުމުން ތަފާތު ރަހަތައް އުނި ކުރެވޭ ތަން އާދެ އެވެ. ސިއްހީ ސަަބަބަކަށް ވިޔަސް ބަރުދަން ލުއި ކުރަން ވިޔަސް ވަކި ރަހަތަކަކަށް ކެއުންތައް ހާއްސަ ކުރެވެ އެވެ. ނަމަވެސް ކޮންމެ ވެސް ވަރަކަށް ހުރިހާ ކާއެއްޗެހީގެ ހުރިހާ ރަހަތައް ކެއުމުގައި ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ.
ލޮނު ރަހަ
ލޮނު ރަހައަކީ ހަށިގަނޑަށް ބޭނުންވާ ފެން ބޭނުންވާ ވަގުތުގައި ފޯރުކޮށްދޭން އެހީވެދޭ ރަހަ އެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރެއްގައި ލޮނު ކާއެއްޗެހި ކެއުމުން ހޫނު ގަދަވާ ދުވަސްވަރު ކިޑްނީ އަށާއި ކުޑަކަމުދާ ނިޒާމަށް ބޭނުންވާ ފެން ފޯރުކޮށްދެ އެވެ. ލޮނުގެ ގޮތުގައި ކާންޖެހެނީ ޕެކެޓު ލޮނު އެކަންޏެއް ނޫނެވެ. މޫދު ލޯނު ވެސް ހަމަ އެންމެ ރަނގަޅެވެ. އަދި ލޮނު ރަހަ ބޮޑަށް އެކުލެވޭ ކާނާ ވެސް ރަނގަޅެވެ.
ފޮނި ރަހަ
ފޮނި ރަހަ ހަށިގަނޑަށް ފޮނުވުމަށް ކާން ޖެހެނީ ހަމަ އެކަނި ހަކުރެއް ނޫނެވެ. ހަކުރު އަޅައިގެން ފާޑު ފާޑުގެ ކާއެއްޗިއްސެއް ނޫނެވެ. ކެރެޓް، ކެބެޖު އަދި އަލުވި ކަހަލަ އެއްޗެހި ފެނު ކައްކާލައިގެން ކެއުމުން ވެސް ފޮނި ރަހަ ހަށިގނޑަށް ފޯރުކޮށްދެ އެވެ. ހަށިގަނޑަށް ބޭނުންވާ ފޮނި ރަހަ ލިބުމުން ބަނޑުގެ މައްސަލަތަކާއި ހަޖަމް ކުރުމުގެ މައްސަލަތަކުގެ އިިތުރުން ސެލްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބެ އެވެ.
ހުތް ރަހަ
ހުތް ރަހަ ގަދަ އެއްޗެހި ކޮންމެ ދުވަހެއްގެ ކާގަޑީގައި ހިމެނުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ލިބެ އެވެ. އަދި ހާއްސަކޮށް ފުރަ މޭ ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ.
ކުޅި ރަހަ
ކުޅި ރަހަ އަކީ ހަށިގަނޑަށް މުހިންމު ރަހަ އެކެވެ. ކުޅި ރަހައިގެ ސަބަބުން ބޮޑުކަމުދާ ނިޒާމު ހަމަޖައްސައިދެ އެވެ. އަދި ފުއްޕާމޭގެ މައްސަލަތަކަށް ހައްލު ލިބޭއިރު ލެއަށް ވެސް ކުޅި ރަހައަކީ މުހިއްމު ރަހަ އެކެވެ.