ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ މިއަދު ވަނީ އެ ގައުމުގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގައި ހިނގާ ހާދިސާތަކުގައި އަނިޔާވާ މީހުން ކުއްލި ފަރުވާއަށް ލަންކާއަށް ގެންދިއުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.
މިހާތަނަށް ހުރިހާ މެޑިކަލް އިވެކުއޭޝަން ފްލައިޓުތަކެއް އިންޑިއާއަށް ކުރަމުން އައި ނަމަވެސް، ލަންކާގެ ކުއްލި ފަރުވާގެ ފެންވަރު ރަނގަޅުވުމުން ބަލި މީޙުން ލަންކާ ހޮސްޕިޓަލުތަކަށް ފޮނުވަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ސިރިޕަލާ ވިދާޅުވި އެވެ.
މާޗް އެކެއްގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ކުރިން އިއުލާންކޮށްފަ އެވެ.
ސަރުކާރުން ބުނީ އެ ހިދުމަތް ފަށަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެން ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިޓީއަކުން ފަރުވާ ދެނީ
ޗުއިންގަމްއާއި ޖޭމްތަކުގައި ހިމެނޭ ސްވީޓްނާތަކުން ސްޓްރޯކް ޖެހޭ!
ދަރިފުޅުގެ ނެޕީގައި ސިއްހަތަށް ނުރައްކާތެރި މާއްދާ ތަކެއް؟
