އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ވެސް ޖިންސީ ތަފާތުކުރުން ބޮޑު ގައުމެކެވެ. އެގޮތުން އަންހެން ކުދިންނަކީ ބަދުނަސީބެއް ކަމަށް ދެކި، ވަރަށް ގިނަ ކުދިން ވިހާފައި ދިރިހުއްޓާ ވަޅުލުމުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އަދި ފިރިހެން ކުއްޖެއް ވިހެއުމަށް އަންހެން މީހާއަށް ބާރުއަޅާ، ވިހެއުމުގެ ކުރިން ބަނޑުގައި އޮތީ ފިރިހެން ކުއްޖެއްކަން އެނގިއްޖެ ނަމަ ދަރި ވައްޓާލާ ހިސާބަށް ކަންތައް ދެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިކަން އޮތީ މިހެންނެއް ނޫނެވެ.

ދައްކަން މިއުޅެނީ ބްރެޒިލަށް ނިސްބަތްވާ އާއިލާއެއްގެ ވާހަކަ އެވެ.

މި ދެމަފިރިންގެ 13 ކުދިން ތިބެ އެވެ. އެއީ މުޅިން ވެސް ފިރިހެން ކުދިންނެވެ. އަންހެން ކުއްޖެއްގެ އުންމީދުގައި 20 އަހަރު ހޭދަކޮށްފައިވާ މި ދެމަފިރިން ބުނަނީ އަދިވެސް ހިތްވަރު އެލުވާނުލާ އަންހެން ކުއްޖަކު ލިބޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

ކައިވެނި ކުރި އިރު އެ ދެމަފިރިން ކަނޑައަޅާފައިވާ އުސޫލަކީ ފިރިހެން ކުއްޖެއް ނަމަ އެ ކުއްޖާއަށް ނަން ކިޔާނީ ބައްޕަ އަދި އަންހެން ކުއްޖެއް ނަމަ ނަން ދޭނީ ކުއްޖާގެ މަންމަ ކަމަށެވެ.

މިހާތަނަށް އަދި އަންހެން ކުއްޖަކު ލިބިފައިނުވުމުން އެ އަންހެން މީހާއަށް އޭނާގެ ދަރިއަކަށް ނަން ކިޔުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.