ކިތަންމެ ރަނގަޅު ނިދިގަނޑެއް އަޅާލާފައި ތެދު ވިޔަސް ހުންނަނީ ވަރުބަލިވެފަ އެވެ. ނިދަން އޮށޯތް އިރަށްވުރެ ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވެ އެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ސަބަބުތަކަށް ބަލާލަމާ ހެއްޔެވެ؟
ކަސްރަތު ނުކުރުން
ކަސްރަތު ނުކުރުމަކީ ނިދުމަށް ވެސް ހުރަސް އަޅާ ކަމެކެވެ. ނިދުމަށް ހަށިގަނޑު ބޭނުންވާ ހަކަތަ އުފެއްދުމަށް ހުރަސް އަޅާ ކަމެކެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ތާވަލުގައި ވެސް ކަސްރަތު ކުރުން ހިމަނާށެވެ. ދުވަސް ފެށުމުގެ ކުރިން ކަސްރަތު ކުރާނަމަ ވަރުބަލިކަން ފިލާފާނެ އެވެ.
ފެން ބުއިން މަދުވުން
ފެން މަދުވުމަކީ ވެސް ނިދިން ހޭލާއިރު ވަރުބަލިވާން މަގުފަހިކުރުވާ ކަމެކެވެ. ފެން މަދުވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތި ކުރުވަ އެވެ. އެކަމުގެ ސަބަބުން ހިތުން އޮކްސިޖަން ފޯރުކޮށްދޭ މިންވަރު މަދުވެ ހަށިގަނޑު ވަރިބަލިކޮށްލުވަ އެވެ.
ރަނގަޅު ކެއުންތައް ނުކެއުން
ކެއުމުގައި ރަނގަޅު ކާނާ ހިމެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއްވެސް ބެލެންސެއް ނެތް ޑައިޓެއް ގެންގުޅޭނަމަ ވަރުބަލި ވުމަކީ އާންމު ކަމަކަށް ވެދާނެ އެވެ. މާގިނައިން ފެޓް ނުވަތަ ކާބް ހުންނަ ކާނާ ކެވޭނަމަ އެކަމަކީވެސް ވަރުބަލިވުމަށް މެދުވެރިވާ ސަބަބަކަށްވެ އެވެ.