ޓްރީޓޮޕް ހޮސްޕިޓަލްގެ ހަވަނަ އަހަރަދީ ދުވަހާ ގުޅިގެން ބައެއް ހިދުމަތްތަކުން 15 ޕަސަންޓްގެ ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ޑިސްކައުންޓު ދޭން ނިންމާފައި ވަނީ ޑެންޓަލް ވައިޓްނިން، ލޭޒާ ހެއާ ރިމޫވަލް، ޓެެޓޫ ރިމޫވަލް، ސްކިން ރެޖުވެނޭޝަން، އޭސްން ސްކާ ރިމޫވަލް އިން ހިދުމަތުން ކަމަށެވެ.

މި ހިދުމަތްތަކުން ޑިސްކައުންޓު ލިބޭނީ އެޕްރިލް 1، ގެ ނިޔަލަށް ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު އެ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރަމުންނެވެ. އެގޮތުން ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ދޭ ފަރުވާ ކަމުގައިވާ ފުރަތަމަ ފަހަރަށް ރާއްޖޭގައި ދޭން ފަށާފައި ވަނީ އެ ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލުން ވަނީ ބ. އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް ގާއިމުކޮށް، އެތަނުގައި އެމްއާރްއައިގެ ހިދުމަތް ވެސް ދޭން ފަށާފަ އެވެ.

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދެމުން އަންނަ އެއް ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕުން އަންނަނީ ބައިނަލްއަގުވާމީ ގިނަ ޑޮކްޓަރުންތަކާއެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.