ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ، މިހާރު އޮތީ ވެންޓިލޭޓަރު ގުޅާފައި ކަމަށް އެ ޒުވާނާގެ މަންމަ ބުނެފި އެވެ.
އެ އެކްސިޑެންޓްގައި އަނިޔާވީ ކ. ހުރާގެ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އެކްސިޑެންޓަށްފަހު އެ ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެނުނީ ރޭ ދަންވަރު 2:30 ހާއިރު އެ ސަރަހައްދު ޕެޓްރޯލްކުރި ފުލުހުންނަށެވެ.
އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ މަންމަ ބުނީ ދަރިފުޅުގެ ހާލު ސީރިއަސް ކަމަށެވެ.
އެ ޒުވާނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާ އެކު އެކި ތަންތަނުން ބިނދިފައިވުމާއި ފުއްޕާމެޔަށް ގެއްލުންވެފައިވުން ހިމެނެ އެވެ.
އެ ޒުވާނާ ދުއްވި ސައިކަލު ވަނީ ފުނޑުފުނޑު ވެފަ އެވެ. އަދި ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަހަރެން އަދި މަރެއް ނުވޭ: ޝަކްތީ
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
