ދިރާގުން މި ރޯދަ މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު ހާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފި އެވެ. އެގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ވަނީ މި އޮފަތަކާއި އެ ކުންފުނީގެ ރޯދަ މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ރޯދަ މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފައެއް ތައާރަފްކޮށްފަ އެވެ. އެއީ:

ރޯދަ ބޯނަސް: 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ޚާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓާ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެ އެވެ.

ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުން ނަގާ ހާއްސަ ބޫސްޓާތަކަކާ އެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. މީގެ އިތުރުން ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ދެ ޑޭޓާ ބޫސްޓާއެއް - 100ޖީބީ 100 ރުފިޔާއަށް އަދި 400ޖީބީ 300 ރުފިޔާއަށް – ނެގޭނެ އެވެ.

ޝެއާ ޔޯ ހެޕިނެސް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް 'ސްކްރެޗް އެންޑް ވިން' ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެ އެވެ. އަދި އެ އިނާމު ދިރާގު ނެޓްވަރކްގައި ތިބި އެފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެ އެވެ.

ހިތްތައް ހޯދައިގެން އިނާމު: ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެ އެވެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެ އެވެ.

ދިރާގު އީޒޯން ސަޕްރައިޒް: ދިރާގު އެޕްގައި ވާ އީޒޯން ބެނަރއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިންގ ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެއެވެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެ އެވެ.

މީގެ އިތުރުން ދިރާގު އެލީޓް ކްލަބް މެމްބަރުންނަށް ރޯދަ މަހަށް ޚާއްސަ އޮފަތަކެއް އެކި ޕާޓްނަ އައުޓްލެޓްތަކުން ލިބޭނެ އެވެ. މި އޮފާތަކާ ބެހޭ އިތުރު ތަފްސީލް ދިރާގު އެޕް މެދުވެރިކޮށް ލިބޭނެ އެވެ.

މިއަހަރުގެ ދިރާގު ރޯދަ މަހުގެ ކެމްޕޭން ޝިއާރަކީ 'ހެޔޮ ހިތުން' އެވެ. އަދި މި ކެމްޕޭން ބިނާވެފައި ވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށެވެ. އެގޮތުން މި ޝިޔާރާ ގުޅިގެން ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ 'ރަމަޟާން އެއިޑް' ކެމްޕޭންގެ ޕާރޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިފްތާރު ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ދިރާގުން މިފަހަރުވެސް އެ ކުންފުނިން ރޯދަ މަހަށް ހާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފަ އެވެ.