މާހެފުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރޯދަ މަސް ފެށުމުގެ އެއްދުވަސް ކުރިން ބާއްވާ ޚާއްސަ ހަރަކާތަކަށް ކިޔާ ނަމެކެވެ. އާންމު ގޮތެއްގައި މިކަމުގައި އޮންނަނީ މޮޑެފައި ހުންނަ ކޮންމެ ވެސް ބާވަތެއްގެ ކެއުމަކަށް އިންސާފުކުރުން ކަމަށް ބެލެ ވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި އެންމެ ވަކިން އެކަހެރިކޮށް އޮންނަ އެއް ރަށް، ފުވައްމުލަކުގައި މާހެފުން ފާހަގަކޮށް އުޅެނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ރަށު މީހުން މާހެފުން ހަފަނީކީ ނޫނެވެ. "މާހިފުން" ދުއްވަނީ އެވެ.

ފުވައްމުލަކު "މާހިފުން ދުއްވުން" މިފަހަރު ތަފާތު ގޮތަކަށް

މާހިފުން ދުއްވުމަކީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން މޫދަށް ގޮސް ފެންވަރާލުމެވެ. ފުވައްމުލަކުގައި މޫދަށް ދިޔުމަކީ ވެސް ތަފާތު ގޮތަކަށް ކުރާކަމަކަށް ވާތީ ރޯދައަށް ހިނައިގަތުމަށްޓަކައި މޫދަށް ދާ ދިއުން ވެސް ތަފާތު ވަނީ އެވެ.

ޝައުބާން މަހުގެ 29 ވަނަ ދުވަހަކީ "މާހިފުންގެ ދުވަސް" ކަމުން އެދުވަހު ވަރަށް ހެނދުނާ ކުދިވެރިން މޫދަށް ދާން ފަށާނެ އެވެ. ބޮޑެތި ފިރިހެނުން ދާނީ ގޭގައި ފިރިހެނުން ކުރަން ހުންނަ މަސައްކަތް ނިމުމުންނެވެ. އަންހެން ވެރިން ދާނީ ގޭގެ ހުރިހާ މަސައްކަތް ނިމުންނެވެ. އެހެންކަމުން އެ މީހުނަށް ދެވޭނީ ގާތްގަނޑަކަށް ހަވީރުގެ ވަގުތުގަ އެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި އެ ރަށުގެ ގިނަ ބަޔަކު އިއްޔެ ބައިވެރިވަނީ. މި ހަރަކާތް އިންތިމާޒްކޮށް އެ ރަށު ތުނޑީގައި ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

ފުވައްމުލަކުގައި މޫދަށް އެރުމަކީ ތަފާތު ކަމެކެވެ. ވަށައިގެން ނަގާ ބިޔަ ރާޅުތަކުގެ ތެރޭގައި އެ ރާޅުތަކާއެކު ފަތާ ފީނައި ހެދުމަކީ މަޖާ ކަމެކެވެ. ޒުވާން ފިރިހެން ކުދިންނަށް މާހިފުންގެ ދުވަހަށް ޚާއްސަކޮށް މޫދަށް ދިއުމަށް ތައްޔާރުވާނެ އެވެ. އެކަމަށްޓަކައި ކެޔޮބުޑުން ކަނދުފަތި ހެދުން ފަދަ ކަންތައް ކުރާނެ އެވެ. އެފަދަ ކަނދުފަތިތަކުގައި ރާޅުތަކުގެ ބޭރަށް ނުކުމެ ރާޅުތަކުން ސަލާމަތްވެ، ފަތައި ފީނައި އުޅުމުގެ މިނިވަންކަން އެ ކުދިން ހޯދާއިރު އަނެއް ބަޔަކު ބިޔަ ރާޅުތަކުގެ ތެރޭގައި ރާޅާ އެޅުމުގެ އުފާ ހާސިލް ކުރާނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ފުވައްމުލަކުގައި "މާހިފުން ދުއްވުން" އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި ކުރިޔަށް ގެންދިޔަ ވާ ދެމުމުގެ ހަރަކާތުގައި އެ ރަށުގެ ގިނަ ބަޔަކު އިއްޔެ ބައިވެރިވަނީ. މި ހަރަކާތް އިންތިމާޒްކޮށް އެ ރަށު ތުނޑީގައި ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

ފުވައްމުލަކު ހިތްގައިމު ތުނޑީ ސަރަހައްދުގައި މިފަހަރު މާހިފުން ދުއްވުން ކުރިޔަށް ގެންދިޔައީ އެކިއެކި ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނޭ ގޮތަށް ބޮޑު ބީޗް ފެސްޓިވަލެއް ގޮތަށް ދެ ދުވަހުގެ މުއްދަތަށެވެ.

"މިފަހަރު ކައުންސިލުން ފެށި މަސައްކަތަކީ މާހިފުން ރަށުގެ ލޯކަލް ފެސްޓިވަލްއެއް ގޮތަށް ބްރޭންޑް ކުރުމުގެ މަސައްކަތް.ރަށުގެ ރައްޔިތުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ކަހަލަ އިވެންޓަކަށް ހެދުން،" ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގު "ހުރިހާ"އަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި އެ ރަށުގެ ގިނަ ބަޔަކު އިއްޔެ ބައިވެރިވަނީ. މި ހަރަކާތް އިންތިމާޒްކޮށް އެ ރަށު ތުނޑީގައި ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ މާހިފުމުގައި ބައިވެރިވާން އެހެން ރަށްރަށުން ވެސް މީހުން އަންނަ ކަހަލަ އިވެންޓަކަށް ހެދުން ކަމަށެވެ. އަދި މިފަހަރަށް ވުރެ ގިނަ ހަރަކާތްތަކާއެކު ފޯރިގަދަ އިވެންޓެއް ގޮތަށް އަންނަ އަހަރު ކުރިޔަށް ގެންދާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި އެ ރަށުގެ ގިނަ ބަޔަކު އިއްޔެ ބައިވެރިވަނީ. މި ހަރަކާތް އިންތިމާޒްކޮށް އެ ރަށު ތުނޑީގައި ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

ދެ ދުވަހުގެ މި ބީޗް ފެސްޓިވަލަށް ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ މީހުން ޖަމާވެ، ހަރަކާތްތަކުގައި ބައިވެރިވި އެވެ.

މިފަހަރުގެ އިވެންޓްގައި ވާދެމުމާއި ބީޗް ވޮލީ އާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިޔަށް ގެންދިޔަ އެވެ.