މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒު ކުރެވުނު "ޓައިގާ 3"އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ބެލުމަށް އެތައް ހާސް ބަޔަކު ސިނަމާތަކަށް ދިޔަ އެވެ.
އެހެން ނަމަވެސް އެ ފުރުސަތު ލިބިފައިނުވާ އެހެން ނަމަވެސް ފިލްމު ބަލަން ބޭނުންވާ ފަރާތްތައް އުޅެ އެވެ. އެފަދަ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުސަތެކެވެ.
ސަލްމާން ޚާންއާއި ކެޓްރީނާ ކައިފްު ލީޑު ރޯލުން ފެނިގެންދާ ޓައިގާ 3 މިރޭ 07:30 ގައި މީޑިއާނެޓްގެ ޗެނަލް 863، ސްޓާ ގޯލްޑްއިން ދުރަށް ދައްކާނެ އެވެ.
ޓީވީއިން ފުރަތަމަ ފަހަރަށް އެ ފިލްމު މިރޭ ދައްކާއިރު އެ ފިލްމަކީ ގިނަ ބައެއްގެ ތަރުހީބާއި މާހިރުންގެ ތައުރީފު ވެސް ލިބިފައިވާ ފިލްމެކެވެ.
ޓައިގާ ފްރެންޗައިޒުގެ ތިން ފިލްމެއް މިހާތަނަށް ނެރެފައިވާއިރު އެ ތިން ފިލްމުވެސް ވެގެން ގޮސްފައިވަނީ ބޮޑު އާމްދަނީއެއް ލިބުނު ބްލޮކްބަސްޓާ ފިލްމަކަށެވެ.