ނަވާރަ ސަތޭކަ ފަންސާހާއި 60ގެ އަހަރުތަކުގައި ބޮލީވުޑުގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެއް ކަމަށްވާ މަދޫބާލާގެ ހަޔާތުގެ މައްޗަށް ބައޮޕިކެއް ހަދަން ނިންމައިފި އެވެ.

އާލިއާ ބަޓްގެ "ޑާލިންގްސް" ވެސް ޑައިރެކްޓް ކޮށްދީފައިވާ ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރާ އެ ބައޮޕިކް މިހާރު ވަނީ ޕްރީ ޕްރޮޑަަކްޝަން ސްޓޭޖުގަ އެވެ.

މި ފިލްމުގައި މަދޫބަލާގެ ފިލްމީ ހަޔާތުގެ އިތުރުން ޒާތީ ދިރިއުޅުމުގައި ދިމާވި އެކި އެކި ކަންކަމަށް އަލިއަޅުވާލާނެ ކަމަށް ބުނެވެ އެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނުމުގެ ފުރުސަތު އޮތް ތަރިންގެ ނަންތައް މީޑިއާގައި ދައުރުވާއިރު އޭގެ ތެރޭގައި ކަންގަނާ ރަނޯޓް، އާލިއާ ބަޓް، ޔަމީ ގައުތަމް އަދި ޕާކިސްތާނުގެ އެކްޓްރެސް ވަމިގާ ގައްބީ ހިމެނެ އެވެ.

މަދޫބާލާއަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލުވި ރީތި ގިނަ ލަވަތަކަކާއި ފިލްމުތަކެއް ކުޅެދީފައިވާ ފަންނާނެކެވެ.