މިއަދުގެ ރޯދަ މަލާފަތުގެ ބައިގައި މި ގެނެސްދެނީ ތައްޔާރު ކޮށްލަން ފަސޭހަ ރަހަމީރު ކެއުމެކެވެ. މި ކެއުމާއެކު ތިޔަ ބޭފުޅުންގެ ރޯދަ ސުފުރާތައް އިތުރަށް ފުރިހަމަ ކޮށްދޭނެ އެވެ.

ބޭނުންވާ ތަކެތި

  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 2 ކެރެޓް (ކިއުބުކޮށް ކޮށާފައި)
  • 1 ބޮޑުމިރުސް (ފެހިކުލަ)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 2 ޖޯޑު ބާސްމަތީ ހަނޑޫ (ދޮވެ ހިއްކާފައި)
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 ޖޯޑު ކުކުޅު ސުރުވާ
  • 1 ޓޮމާޓޯ (އަވަނުގައި ފިހެ ކޮށާފައި)
  • 3 ސަމުސާ ޓޮމާޓޯ ސޯސް
  • ¾ މޭޒުމަތީ ސަމުސާ ދިރި
  • 1 މޭޒުމަތީ ސަމުސާ އޮރިގާނޯ
  • ލޮނު (ރަހަލާވަރަށް)
  • 1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ކެރެޓް ، ބޮޑުމިރުސް ، ފިޔާ އަދި ލޮނުމެދު އެޅުމަށްފަހު ކައްކާށެވެ. ފިޔާކޮޅު ރަތް ވުމުން ހަނޑޫ އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށްފަހު ހަނޑޫ ހަނާކުރާށެވެ. ދެތިން މިނިޓް ރަނގަޅުވާނެ އެވެ.
  2. އެއަށްފަހު ކުކުޅު ސުރުވާއާއި ޓޮމާޓޯ އަދި ޓޮމާޓޯ ސޯސް އެއްކޮށްލާށެވެ. އެއަށްފަހު ދިރި ، އޮރިގާނޯ ، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ދިޔަގަނޑު ރަނގަޅަށް ކައްކާށެވެ. ކެކެން ފެށުމުން ގިނި މަޑުކޮށް ތެލީގައި ސަރަފޯސް ޖަހާށެވެ.
  3. ދިޔަގަނޑު ހިނދެންދެން ކެއްކުމަށްފަހު ސަމުސަލަކުން އެއްކޮށްލާށެވެ.

ކުކުޅު ނުވަތަ ބީފްގެ ސައިޑް ޑިޝްއަކާއެކު މި ކެއުމުގެ ފުރިހަމަކަން އިތުރު ކޮށްދޭނެ އެވެ. ހުރިހާ ބޭފުޅުން ވެސް މި ރެސިޕީގެ އަޖުމަ ބަލާނެ ކަމަށް އުއްމީދު ކުރަމެވެ.