މިއަދު މިގެނެސްދެނީ ކުޅިރަހަތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް ކަމުދާނެ ކެއުމެކެވެ. ފަސޭހައިން ހަދާލެވޭ މި ކެއުން ތިޔަބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ހުދު ފިޔާ ( ކުދިކޮށް ކޮށާފައި )
  • 3 ލޮނުމެދު ( ޗިސްކޮށްފައި )
  • 1 ދަޅު ޑައިސްޑް ޓޮމާޓޯ
  • 1 ދަޅު ކިޑްނީ ބީންސް ( ފެންކޮޅު ހުސްކޮށްލާފައި )
  • 1 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
  • 2 ސައި ސަމުސާ ދިރި
  • ¼ ސައި ސަމުސާ އަސޭމިރުސް
  • 3 ޖޯޑު ކުކުޅު ސުރުވާ
  • 2 ޖޯޑު ޕާސްތާ (މަޑު ކޮށްފައި)
  • 2 ޖޯޑު ޗެއްޑާ ޗީޒް ( ގާނާފައި )
  • 1 ޖޯޑު ގްރައުންޑް ބީފް

ތައްޔާރުކުރާނެ ގޮތް

  1. ބޮޑު ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށް އޭގެތެރޭގައި ފިޔާކޮޅު ރަތްކުރާށެވެ. އެއަށްފަހު ލޮނުމެދު އަޅާ އިތުރު 1 މިނިޓް ވަންދެން ކައްކާށެވެ. ދެން ބީފުކޮޅު އެޅުމަށްފަހު ރަނގަޅަށް ރޯފިލުވާފައި އެއިން ނިކުންނަ ފެންފޮދު ފުރާނާލާށެވެ.
  2. ތެލި އަލުން އުނދުން މައްޗަށް އުދުމަށްފަހު ޓޮމާޓޯ، ކިޑްނީ ބީންސް، ޗިލީ ޕައުޑަރު، ދިރި، އަސޭމިރުސް، ކުކުޅު ސުރުވާ އަދި ޕާސްތާ އެއްކުރުމަށްފަހު ތެލީގެ މަތިޖަހައިގެން 15 މިނިޓް ވަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ފުލުގައި ނުޖެހޭނެހެން ހާކާލަން ވާނެ އެވެ.
  3. ގިނި ނިއްވާލުމަށްފަހު ޗީޒްކޮޅު އަޅާ އެ ވިރެންދެން ދޭފަތަކުން އެއްކޮށްލާށެވެ.

މިއަދު ރޯދަ ވީއްލަން ތައްޔާރުކުރާ ސުފުރާގައި މިކެއުމަށް އިންސާފު ކޮށްލައްވާށެވެ. އާއިލާގެ އެންމެންނަށްވެސް ކަމުދާނެ އެވެ.