ރޯދަ މަލާފަތުގެ މިއަދުގެ ބައިގައި މި ގެނެސްދެނީ ސީފުޑްގެ ރަހަތަކަށް ލޯބިކުރައްވާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. ހުކުރު ދުވަހުގެ ރޯދަ ވީއްލުމަށް މި ކެއުން އިންސާފު ކޮށްލުން ރަނގަޅުވާނެ އެވެ.
ބޭނުންވާނެ ތަކެތި
- 4 މޭޒުމަތީ ސަމުސާ މާމުއި
 - ½ 1 މޭޒުމަތީ ސަމުސާ ރިޑިއުސްޑް-ސޯޑިއަމް ސޯޔާ ސޯސް
 - 1/3 ސައިސަމުސާ ބޯކޮށް މުގުރާފައިވާ ހިކިމިރުސް
 - ½ 1 ސައި ސަމުސާ އިނގުރު (ގާނާފައި)
 - 3 ލޮނުމެދު (ގާނާފައި)
 - 1 ޕައުންޑު ނުވަތަ 450 ގްރާމް ޑިނގާ (ސާފުކޮށްފައި)
 - ½ 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
 - ރަހަލާވަރަށް ލޮނު
 - ރަހަލާވަރަށް އަސޭމިރުސް (މުގުރާފައި)
 
ތައްޔާރުކުރާނެ ގޮތް
- ބޯތަށްޓެއްގެ ތެރެއަށް މާމުއި، ސޯޔާސޯސް، މުގުރާފައި ހުރި ހިކިމިރުސް، އިނގުރު އަދި ލޮނުމެދު އަޅާފައި ރަނގަޅަށް އެއްކޮށްލާފައި އެއްފަރާތެއްގައި ބަހައްޓާށެވެ.
 - އެހެން ބޯތަށްޓެއްގެ ތެރެއަށް ޑިނގާ އަދި އޮލިވް އޮއިލް އަޅާށެވެ. ލޮނާއި އަސޭމިރުސް އަޅައިގެން ޑިނގާ ތަކުގައި ރީތިކޮށް ހޭކޭވަރަށް އެއްކޮށްލާށެވެ.
 - ތަވައެއް އުނދުނަށް އުދައި މަޑުގިނީގައި ބަހައްޓާށެވެ. ޑިނގާކޮޅު ތަވަޔަށް އަޅައިގެން ޑިނގާތައް ކައްކާށެވެ. ފަހަރަކު ފަރާތެއް ރަނގަޅަށް ކެކެންދެން ބަހައްޓަން ވާނެ އެވެ. ކޮންމެ ފަރާތެއްވެސް ގާތްގަނޑަކަށް 1-2 މިނެޓް ކެއްކުމުން ރަނގަޅުވާނެ އެވެ.
 - ޑިނގާތައް ކެކުމުން މާމުއި އާއި ލޮނުމެދު އެއްކޮށްފައިހުރި ތަކެތި އަޅާލައި މީރު ކޮށްލުމަށްފަހު ޑިނގާތައް ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ.
 
މި ކެއުމަކީ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ ކެއުމަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ