މާލެ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް މިފަހަރު 16 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މި ރަމަޟާން މަހު މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް މިސްކިތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި 16 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާ ގޮތް:

  • މާލޭގެ 18 މިސްކިތެއް
  • ވިލިމާލޭ 3 މިސްކިތެއް
  • ހުޅުމާލެ ފޭސް އެކެއްގެ 8 މިސްކިތެއް
  • ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް

އިއުތިކާފަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާގޮތް:

  • މާލޭގެ 8 މިސްކިތެއް
  • ވިލިމާލޭގެ 1 މިސްކިތް
  • ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތެއް
  • ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި މިސްކިތްތަކުގައި އިއުތިކާފަށް ތިބުމަށާއި ދަމު ނަމާދަށް ތިބެވޭނެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދެ އެވެ. އަދި ސަރުކާރުން މިއަހަރު ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.